އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީބާޖާގެ ޙުކުމް އިއްވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ކުރާ ތުހުމަތަކީ ދޮގެއް: ޑީޖޭއޭ

ދީބާޖާގެ ޙުކުމް އިއްވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ކުރާ ތުހުމަތަކީ ދޮގެއް: ޑީޖޭއޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް 348 މިލިއަން ދައްކަަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓައި، މިދިޔަ މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަގައިގެން އިއްވި ޙުކުމެއް ކަމަށް ކުރާ ތުހުމަތަކީ ދޮގެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭ އިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ޑީޖޭއޭ އިން މި ބަޔާން ނެރުނީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ސީއެންއެމްގައި ދީބާޖާ މައްސަލާގެ ހުކުމް ސުޕްރީމް ކޯޓުން ނެރެފައިވަނީ ރިޝްވަތު ނަގައިގެން ކަމަށް މިދިޔަ ހަފުތާގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނެވެ.

މިބަޔާނުގައި ބުނެފައިވަނީ މި ލިޔުމަކީ ފަނޑިޔާރުންނާއި ކޯޓުތަކުގެ އަގު ވައްްޓާލައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ލިޔެފައިވާ ލިޔުމެއް ކަމަށާއި އެހެންވެ، މިލިޔުމާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނަރަލަށާއި މީޑިއާ ކައުންސިލަށް 15 މެއި، 2019 ވީ ބުދަ ދުވަހު މައްސަލަ ހުށަހަޅާފައިވާކަމަށެވެ. 

ޑީޖޭއޭ ބުނެފައިވަނީ އެހުކުމް ބިނާ ކުރީ ޝަރުއީ އަދު ގާނޫނީ ސަބަބުތައް އެ ހުކުމްގެ ޝަރީއަތް ނިމުނު ގޮތުގެ ހާއްސަ ރިޕޯޓްގައި ބަޔާންކޮށް، އެ ރިޕޯޓް ވަނީ ވެބްސައިޓްގައި ޝާއިއުކޮށްފަ ކަމަަށާއި ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެގި ކަމަށް ކުރާ ތުހުމަތަކީ އެ ތުހުމަތުތައް ޕްރޮމޯޓް ކުރުމަށް ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ލިޔެ ޝާއިއުކޮށްފައިވާ އެއްވެސް އަސްލެއް ނެތް ބުހުތާނު ދޮގު ކަމަށެވެ.

ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށާއި އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށް މިބަޔާނުގައި ޑީޖޭއޭ އިން ވަނީ ގޮވާލާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު