އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕޮލިސް ކްލަބް ރަމަޟާން ޗެސް މުބާރާތުގެ އެއްވަނަ ސަރޖެންޓު އަޙްމަދު އަބޫބަކުރު ހޯދައިފި

ޕޮލިސް ކްލަބް ރަމަޟާން ޗެސް މުބާރާތުގެ އެއްވަނަ ސަރޖެންޓު އަޙްމަދު އަބޫބަކުރު ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ޕޮލިސް ކްލަބް ރަމަޟާން ޗެސް މުބާރާތުގެ އެއްވަނަ ސަރޖެންޓު އަޙްމަދު އަބޫބަކުރު ހޯދައިފިއެވެ.

މިއީ ޕޮލިސް ކްލަބުން އިންތިޒާމްކޮށްގެން މިމަހުގެ 12 އިން 14 އަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ ދެވަނަ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނިޒާމް ހޯދި އިރު، ތިންވަނައަށް ހޯދީ ޕޮލިސް ސަރޖަންޓް އާދަމް ނަސީރެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މުބާރާތަކަށް ވުމުން އެފަރާތްތަކަށް ޝުކުރުއަދާކޮށް ޕްލާކާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް ވިދާޅުވީ މި މުބާރާތަކީ ފުލުހުންގެ ތެރޭގައި ތިބި ރާޒުވާ ކުޅުމަށް ޝައުޤުވެރިވާ ފުލުހުންނަށް އެފުރުޞަތު ހޯދައިދިނުމާއި ޕޮލިސް ކުލަބުގެ ރާޒުވާ ޓީމެއް އެކުލަވާލުމަށް ކުރިއަށް ގެންދިޔަ މުބާރާތަކަށް ވުމުން ވަނަވަނައަށް ދިޔަ ބައިވެރިން ޤައުމީ މުބާރާތްތަކުގައި ބައިވެރި ކުރާނެ ކަމަށެވެ. އަދި އެހެނިހެން މުބާރާތްތަކުގައިވެސް ބައިވެރިކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ވެދެއްވި އެހީތެރިކަމަށް ވަނީ ވަރަށްބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުހައްމަދާއި ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރަޝީދާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ މެންބަރުންނާއި މުބާރާތުގެ ބައިވެރިންބައިވެރިވެވަޑައިގެންނެވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް