އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޫނިއަރ ކެޑޭޓް އޯޕަން ޓީޓީ މުބާރާތުން ދީމާ ލޯމެޑެލް ހޯދައިފި

ޖޫނިއަރ ކެޑޭޓް އޯޕަން ޓީޓީ މުބާރާތުން ދީމާ ލޯމެޑެލް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ޖޫނިއަރ ކެޑޭޓް އޯޕަން ޓީޓީ މުބާރާތުން ރާއްޖޭގެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތުމަތު ދީމާ ލޯމެޑެލް ހޯދައިފިއެވެ.

ތައިލޭންޑްގައި ކުރިޔަށްދިޔަ މި މުބާރާތުގައި ދީމާ ހިމެނުނީ މިސްރުގެ ހަނާ ގޮޑާ އާއި ގްރީސްގެ މަލަމެންޓޭނިއާ ޕަޕާޑިމިޓްރީއޫ އަދި މެކްސިކޯގެ އަރާންޝާ ޓޮކްސިއޯއާ އެކު އެއްޓީމެއްގައެވެ. އަދި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޓީމު އިވެންޓެއްގެ ގޮތުގައެވެ.

އެގޮތުން ދީމާގެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ތައިލޭންޑް އަދި ފިލިޕިންސްއާ ދެކޮޅަށް ކުޅުނު މެޗުތައް 1-3 ސެޓުގެ ނަތީޖާއަކުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ކުއާޓަރ ފައިނަލުގައި ދީމާގެ ޓީމު މޮޅުވީ ތައިލެންޑް ޓީމާއި ބައްދަލުކޮށް 3 ސެޓް 2 ސެޓުންނެވެ.

އެހެންނަމަވެސް ސެމީ ފައިނަލުގައި ޗައިނީޒް ޓައިޕޭއާ ވާދަކޮށް ދީމާގެ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގައި ދީމާ ލޯ މެޑެލް ހޯދި އިރު، ތައިލެންޑުގައި މިދިޔަ ހަފްތާގައި  ބޭއްވި ހޯޕްސް ޓީޓީ މުބާރާތުގެ އަންހެން ބައިންވެސް ދީމާ ވަނީ ސިލްވަރ މެޑަލް ހޯދާފައެވެ.

ޖޫނިއަރ ކެޑޭޓް އޯޕަން ޓީޓީ މުބާރާތުގެ ޗެމްޕިއަންކަން މިފަހަރު ހޯދީ ދުނިޔޭގެ ޗެމްޕިއަން ޗައިނާއެވެ.

ހޯޕްސް ޓީޓީ މުބާރާތަކީ އޭޝިއާ ބައްރުގެ ޤައުމުތަކުގެ ޖޫނިއަރ އެންމެ މޮޅު ކުޅުންތެރިންގެ މެދުގައި ބާއްވާ މުބާރާތެކެވެ.

އޭޝިއާ ހޯޕްސް ޓީޓީ މުބާރާތުގެ ސިލްވަރ މެޑަލް ދީމާ ހޯދުމުން އޭނާއަށް ވަނީ އަންނަ ޖުލައި މަހު އޮމާންގައި އޮންނަ ދުނިޔޭގެ އެކިކަންކޮޅުތަކުން ބައިވެރިވާ ޓީޓީގެ އެންމެ ބޮޑު އެއްމުބާރާތް، ވަރލްޑް ހޯޕްސް ވީކް ޓީޓީ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ދީމާ  ހޯދި އިރު، އޭނާ ވަނީ ޤައުމީ ޓީޓީ މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް