އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަޔާން މިޔުނިކުން ޖަރުމަން ލީގު ވިދިވިދިގެން 7 ވަނަ ފަހަރަށް ކާމިޔާބުކޮށްފި.

ބަޔާން މިޔުނިކުން ޖަރުމަން ލީގު ވިދިވިދިގެން 7 ވަނަ ފަހަރަށް ކާމިޔާބުކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ބަޔާން މިޔުނިކުން ޖަރުމަން ލީގު ވިދިވިދިގެން 7 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

އެޓީމުން މިފަހަރުގެ ލީގު ކާމިޔާބު ކުރީ އެއިންޓްރެޗް ފްރެންކްފާޓްއާ ވާދަކޮށް ރޭ ކުޅުނު މެޗު 5 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ބަޔާންގެ ލަނޑުތައް ޖަހައިދިނީ ކިންގްސްލީ ކޯމަން އާއި ޑޭވިޑް އަލަބާ އާއި ރެނޭޓޯ ސަންޗޭޒް އަދި މި ސީޒަނަށް ފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ދެކުޅުންތެރިން ކަމަށް ފްރޭންކް ރިބަރީ އަދި އާރްޔަން ރޮބެންއެވެ.

ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ކުރިން އިރުޝާދުދިން ފްރެކްފާޓްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަބެސްޓިއަން އެވެ.

މި އަހަރުގެ ލީގު ބަޔާނުން ކާމިޔާބުކުރީ 78 ޕޮއިންޓާއެކު އެއްވަނައިގާ އޮވެގެންނެވެ. ދެވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތީ 76 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި އޮތް ރެޑްބުލް ލެއިޕްޒިގަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.

2013 ވަނަ އަހަރުން ފެށިގެން ބަޔާން މިޔުނިކުން އަންނަނީ ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް