އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވާތާ 5 އަހަރު ވެފައިވާ ދިވެހިން ލަންކާގައި އެބައުޅެ!

ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވާތާ 5 އަހަރު ވެފައިވާ ދިވެހިން ލަންކާގައި އެބައުޅެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވާތާ 5 އަހަރު ވެފައިވާ ދިވެހިން ލަންކާގައި އެބައުޅޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވެފައިވާތާ ފަސް އަހަރު ވެފައިވާ ދިވެހިން ލަންކާގައި އެބައުޅޭ ކަމަށާއި ލަންކާގެ ގާނޫނުތަކުގެ ތެރެއިން އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު، ރާއްޖޭގެ ހައި ކޮމިޝަނުން ދޭ ލިޔުމަކަށް ބަލައި ވިސާ އާ ކޮށްދިނުމަށް ލަންކާގެ ސަރުކާރުގައި ރާއްޖެ އިން އެދިފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ވިސާ ނެތި ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅައި އެ މީހުންގެ މައުލޫމާތު މިހާރު ދެމުން އަންނަ ކަމަށާއި ވިސާގެ މުއްދަތު ހަމަވެފައިވާ ގިނަ ދިވެހިންތަކެއް ލަންކާގައި ދިރިއުޅެމުންދާކަން އެނގުނީ އެ ގައުމުގައި މިދިޔަ މަހު ގޮއްވާލި ބޮންތަކާ ގުޅިގެން، ބިދޭސީންތައް ލަންކާގެ ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓަރީވާން އެންގުމުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިސާ އާ ނުކޮށް، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރޭގައި ކިޔަވާ ދަރިވަރުންނާއި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ އިސް މޭސްތިރި އަބްދުﷲ ލުތުފީ ވެސް ހިމެނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު