އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޤާމާ ހަވާލުވީ ކުޅިވަރު ތަރައްގީކޮށް ކުޅިވަރު ގެންދަންވާ ހިސާބަށް ގެންދިއުމަށް: ސްޕޯޓްސް ކޮމިޝަނަރ

މަޤާމާ ހަވާލުވީ ކުޅިވަރު ތަރައްގީކޮށް ކުޅިވަރު ގެންދަންވާ ހިސާބަށް ގެންދިއުމަށް: ސްޕޯޓްސް ކޮމިޝަނަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މަޤާމާ ހަވާލުވީ ކުޅިވަރު ތަރައްގީކޮށް ކުޅިވަރު ގެންދަންވާ ހިސާބަށް ގެންދިއުމަށްކަމަށް ސްޕޯޓްސް ކޮމިޝަނަރ ހީނާ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކުރައްވާ އެ އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރެވެން އޮތީ ކޮންކަމެއްތޯ ބަލާ އެކަމެއް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ކުޅިވަރުގެ އެޑްމިނިސްޓްރޭޝަން ރަނގަޅު ކުރުމަށްވެސް ވިސްނުންތަކެއް މިހާރުވެސް ގެންގުޅެން. އެހެންވީމާ ކުޅިވަރު އެސޯސިއޭޝަންތަކުގައި ތިބެންޖެހޭނީ އެކުޅިވަރެއްގެ ހުނަރާއި ތައުލީމް ލިބިފައިވާ ގާބިލް މީހުން" ހީނާ ވިދާޅުވިއެވެ.

މަޤާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ސްޕޯޓްސް ކޮމިޝަނަރ  ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ހަރުދަނާ ކުރުމަށް ކުޅިވަރުގެ ތެރެއަށް ސިޔާސީ އެއްވެސް ކުލައެއް ވަނަނުދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ބައެއް ކުލަބްތަކަކީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ބެލެނިވެރި ފަރާތަކަށް ވާއިރު، އަދި ކުލަބްތަކުގެ ޗެއަރމަނުންގެ ގޮތުގައިވެސް ސިޔާސީ ބޭފުޅުން ތިބި ކަމަށާއި އެހެންނަމަވެސް ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދޭނެ ކަމަށްވެސް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ފުޓްބޯޅަ ކޯޗު ކަމާއި ރެފްރީކަންވެސް ޤައުމީ ފެންވަރުގައި ކުރައްވާފައިވާ ހީނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް