އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރުގަދަ ބާސާ ބަލިކޮށް ސްޕެނިޝް ކަޕް ވެލެންސިއާ އިން އުފުލާލައިފި

ވަރުގަދަ ބާސާ ބަލިކޮށް ސްޕެނިޝް ކަޕް ވެލެންސިއާ އިން އުފުލާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ވަރުގަދަ ބާސާ ބަލިކޮށް ސްޕެނިޝް ކަޕް ވެލެންސިއާ އިން އުފުލާލައިފިއެވެ.

ސެވިއްޔާގެ ދަނޑުގައި ރޭ ކުޅުނު ފައިނަލު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ މާއުނދަގޫކަމެއް ނެތި 2 ލަނޑު 1 ލަނޑުން ބާސާ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ޖަހާ ވެލެންސިއާއަށް ލީޑު ނަގައިދިނީ ކެވިން ގަމޭރޯ އެވެ.

މި ލަނޑާއެކު ބާސާއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް 33 ވަނަ މިނެޓުގައި ވެލެންސިއާގެ ފޯވަރޑް ރޮޑްރީގޯ މޮރޭނޯ ޖަހައިދިން ލަނޑުން ބާސާ މާޔޫސްކޮށްލިއެވެ.

މި މެޗުގައި ބާސާގެ ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން ލައިނޮލް މެސީއެވެ.

ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ސްޕެނިޝް ކަޕް ކާމިޔާބު ކުރަން ނިކުތް ބަސާއަށް ރޭގެ މެޗުގައި ދިމާވެފައިވާ އެންމެ ބޮޑު އެއްމަސަލައަކީ އެޓީމުގެ ފުލް 11 ގައި ހިމެނޭ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ކީޕަރު ޓާސްޓެގެން އާއި ލުއިސް ސުއަރޭޒް އަދި ޑެމްބެލޭއަށް ނުކުޅެވުމެވެ.

ސްޕެނިޝް ކަޕް ވެލެންސިއާ އިން މީގެ ކުރިން ހޯދާފައިވަނީ މީގެ 11 އަހަރު ކުރިންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް