އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ ސީޒަނުގައި ވިކްޓަރީއަށް އިރުޝާދު ދިނުމަށް މުޙައްމަދު އާދަމާއި ޙަވާލުކޮށްފި

އަންނަ ސީޒަނުގައި ވިކްޓަރީއަށް އިރުޝާދު ދިނުމަށް މުޙައްމަދު އާދަމާއި ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

އަންނަ ސީޒަނުގައި ވިކްޓަރީއަށް އިރުޝާދު ދިނުމަށް މުޙައްމަދު އާދަމް އާއި ޙަވާލުކޮށްފިއެވެ.

އޭނާގެ ބެލުމުގެ ދަށުން ޒުވާން ކުޅުންތެރިންތަކަކާ އެކު ކުރިއަށް ސީޒަނަށް ތައްޔާރުވާން އެޓީމުން ފަށާފައިވާ އިރު، ކުޅިވަރުގެ އެކި މަޤާމުތަކުން ކުރިން ފެނިފައިވާ މުޙައްމަދު އާދަމް ވަނީ ލެގޫންސާއި ވިކްޓަރީއަށްވެސް ފުޓްބޯޅަ ކުޅެފައެވެ.

މީގެ އިތުރުން އެފްއޭއެމްގެ މާކެޓިންގ ޑިޕާޓްމަންޓް ހިންގާ އެ އެސޯސިއޭޝަނުގެ އެކްޓިންގ ޖެނެރަލް ސެކްރެޓަރީގެ މަޤާމުވެސް އޭނާވަނީ ފުރުއްވާފައެވެ.

އަވަށްޓެރި ސްރީލަންކާގެ ބައެއް ފުޓްބޯޅަ ޓީމުތަކަށްވެސް ކޯޗުކޮށްދީފައިވާ އިރު، ބާސްކެޓްބޯޅަ އެސޯސިއޭޝަނުގައިވެސް މަސައްކަތްކޮށްފައިވާ މުޙަްއމަދު އާދަމް ވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ މަހު 6 ވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫއެވެ. އަދި މި މެޗު ކުޅޭނީ ދެ ލެގަށެވެ.

އެއަށް ފަހު ލީގު ފަށާނީ އަންނަ މަހު 12 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް