އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން ވެޓެރަންސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާއިން ހޯދައިފި

ރަމަޟާން ވެޓެރަންސް ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާއިން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރަމަޟާން ވެޓެރަންސް ކަޕް 2019 ގެ ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާއިން ހޯދައިފިއެވެ.

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކޮންމެ ރަމަޟާން މަހަކު ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާއިން ހޯދީ އިއްޔެ ހަވީރު ކްލަބު އީގަލްސް އަތުން 2-0 އިން މޮޅުވެ، ކުޅުން އެއްވެސް މެޗަކުން ބަލި ނުވެ، 16 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ.

ދެވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ތިންވަނައިގައި އޮތް އޭދަފުށި ވެޓެރަންސް ފުޓްބޯލް ކްލަބަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ.

މޯލްޑިވްސް ސޮކަރ މޭޓްސް އިން އިންތިޒާމުކުރާ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ތާވަލުގެ އެއްވަނައަށްދާ ޓީމަކަށް ލިބޭ އިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ލިބޭ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗަށްފަހު އެމެޗުން މޮޅުވާ ޓީމަކަށެވެ.

އިއްޔެގެ މެޗުގައި 13 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދިނީ ޢަބްދުލް ވާހިދު މުހައްމަދެވެ. އަދި ލީޑު ފުޅާކޮށްދީ މާޒިޔާއަށް ފައިނަލުގެ ޖާގަ ޔަގީންކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 18 ވަނަ މިނެޓުގައި މުޚްތާރު ނަސީރު (ޓޫކިލޯ) އެވެ. އޭނާވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.

މި މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އީގަލްސްގެ މުހައްމަދު ނާޒިމް އެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް އެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް