އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސޯޅަ ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ސޯޅަ ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

16 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މުބާރާތް އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައިވާ ސިޔާސަތާ އެއްގޮތަށް 6 ޒޯނަށް ބަހާލައިގެން ޒޯންތައް ވަކިން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެގޮތުން ޒޯން 1 ނޯތް ޒޯންގައި ހއ، ހދ، ށ ހިމެނޭ އިރު، ޒޯން 2 ނޯތް ސެންޓްރަލް ޒޯންގައި ހިމެނެނީ ނ، ރ، ބ، ޅއެވެ. އަދި ޒޯން 3 ގްރޭޓަރ މާލެ ޒޯންގައި މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނޭ އިރު، ޒޯން 4 ސެންޓްރަލް ޒޯންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އެވެ.

މީގެ އިތުރުން ޒޯން 5 ސައުތް ސެންޓްރަލް ޒޯންގައި ދ، ތ، ލ އަދި ޒޯން 6 ސައުތް ޒޯންގައި ހިމެނެނީ ގއ، ގދ، ޏ، ސ އެވެ.

މި މުބާރާތުގައި ހިމެނޭ ޒޯން 1 ނޯތް ޒޯން އަދި ޒޯން 2 ނޯތް ސެންޓްރަލް ޒޯންގެ ބައިގެ ކުޅުން ފަށާނީ އަންނަ މަހުގެ 13 ވަނަ ދުވަހު ނ. ހޮޅުދޫގައެވެ. ޒޯން 3 ގްރޭޓަރ މާލެ ޒޯން އަދި ޒޯން 4 ސެންޓްރަލް ޒޯންގެ ބައި ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހު މާލޭގައެވެ.

ޒޯން 5 ސައުތް ސެންޓްރަލް ޒޯން އާއި ޒޯން 6 ސައުތް ޒޯންގެ ކުޅުން ފަށާނެ ތާރީޚެއް އަދި ނުނިންމާ ކަމަށާއި ވަރަށް އަވަހަށް އެ ތާރީޚް ކަނޑައަޅާ އިޢުލާނު ކުރާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުންޏެވެ.

ބއެ އެސޯސިއޭޝަނުން ބުނީ މިމުބާރާތުގެ ޓީމު އިވެންޓުގައި ބައިވެރިވާން ބޭނުންވާ ސްކޫލް/ މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ ސްކޫލް/ މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް އެ އެސޯސިއޭޝަނަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އަދި މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަމާއި މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް ލިޔުމުން ހުށަހެޅުމަށްވެސް އެދެއެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޒޯންތައް ވަކިން ޑައުންލޯޑް ކުރަން ލިބެންހުންނާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް