އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗެމްޕިއަންސް ލީގުގެ ތަށި ޓޮޓެންހަމް ބަލިކޮށް ލިވަރޕޫލުން ހޯދައިފި

ޗެމްޕިއަންސް ލީގުގެ ތަށި ޓޮޓެންހަމް ބަލިކޮށް ލިވަރޕޫލުން ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ތަށި ލިވަރޕޫލުން ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި މޮޅުކުޅުމެއްދެއްކި ޓޮޓެންހަމް 0-2 ލަނޑުން ބަލިކޮށްފައެވެ.

މިއީ ލިވަޕޫލުން މި މުބާރާތުގެ ތަށި އުފުލާލި 6 ވަނަ ފަހަރެވެ. އަދި ވޭތުވެ ދިޔަ އަހަރުގެ ފައިނަލުން ބަލިވި ލިވަޕޫލުން މި މުބާރާތުގެ ތަށި މި ހޯދީ 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރުވެސްމެއެވެ.

މެޑްރިޑުގެ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު ފައިނަލު މެޗުގައި ފުރަތަމަ މިނެޓުގެ ތެރޭގައި އެ ޓީމުގެ ސާޑިއޯ މާނޭ ނެގި ހުރަހެއް ގޮސް ޓޮޓެންހަމްގެ މޫސާ ސިސޯކޯގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލީޑު ނެގިއެވެ.

މި ޕެނަލްޓީ ޖެހީ މުހައްމަދު ސަލާހު އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އެންމެ އަވަހަށް ޖެހި ގޯލެވެ.

މި ލަނޑަށްފަހު، ޓޮޓެންހަމް އިން މެޗު އިތުރަށް ޑޮމިނޭޓް ކުރިނަމަވެސް ނަތީޖާ ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ. އެކަމުގައި އެންމެބޮޑު ހުރަހަކަށްވީ ލިވަރޕޫލްގެ ކީޕަރު އެލިސަން ބެކާއެވެ.

ލިވަރޕޫލަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ އެންމެ ފަހުން ސެމީ ފައިނަލުގައިވެސް ބާސެލޯނާ ކޮޅަށް ދެ ގޯލު ޖަހާދިން އަދި ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޑިވޮކް އޮރިޖީ އެވެ.

މިފަހަރުގެ ތަށްޓާއެކު އެ ޓީމު ވަނީ ސްޕެއިންގެ ބާސެލޯނާއަށް ވުރެން ގިނަ ފަހަރު މި ތަށި ހޯދާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް