އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުއެފާގެ ރައީސް އަވަހާރަވެއްޖެ

ޔުއެފާގެ ރައީސް އަވަހާރަވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ުިޔުއެފާ ޗެމްޕިއަންސް ލީގު ވުޖޫދަށް ގެނައި ލެނަރޑް ޖޯންސަން އަވަހާރަވެއްޖެއެވެ.

'ފާދަރ އޮފް ޗެމްޕިއަންސް ލީގު'ގެ ނަމުން މަޝްހޫރު ލެނަރޑް އަވަހާރިވީ ޢުމުރުފުޅުން 89 އަހަރުގައެވެ. 

ސްވިޑިޝް ފުޓްބޯލް އެސޯސިއޭޝަނާއި ޙަވާލާދީ ދަ ގާރޑިއަންގައި ބުނެފައިވަނީ ލެނަރޑް ޖޯންސަން އަވަހާރަވީ ކުޑަދުވަސްކޮޅަކު ބަލިވެ އުޅުއްވުމަށްފަހުއެވެ. 

ލެނަރޑް އަވަހާރަވުމާއިގުޅިގެން ސްވިޑިޝް އެފްއޭގެ ރައީސް ކަރލް އެރިކް ނިލްސަން ވިދާޅުވީ ގެއްލިގެން ދިޔައީ ފުޓްބޯޅައިގެ ބައްޕަ ކަމަށާއި މިއީ ހިތާމައިގެ ދަނޑިވަޅެއް ކަމަށެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި-އިދާރާ ފިފާގެ ރައީސް ޖިއޮން އިންފެންޓިނޯ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ލެނަރޑް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ހިތާމައާއި ފުންއަސަރާއެކުގައި ކަމަށެވެ. އަދި މިއީ ފުޓްބޯޅައަށް އޭނާ ކޮށްދެއްވި މަސައްކަތުގެ އަގު ގުނާ ވަޒަން ނުކުރެވޭނެ ކަމަށެވެ.

ލެނަރޑް އަވަހާރަވުމުގެ ހިތާމައިގާ ދުނިޔޭގެ އެކި ޤައުމުތަކުގެ ފުޓްބޯޅަ އިދާރާތަކުން ދަނީ ހިތާމަފާޅުކޮށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް