އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އިންތިޚާބުވެއްޖެ

އޭއެފްސީގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އިންތިޚާބުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީއަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އިންތިޚާބުވެއްޖެއެވެ.

މި މަޤާމަށް އިންތިޚާބުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރެއްކަމަށްވާ އިސްމާއިލް ޒުމައިލް ރަޝީދުއެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި އޭއެފްސީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޗެއަރމަންގެ މަޤާމަށް ސިންގަޕޫރުގެ ލިމް ކިއާ ޓޮން އިންތިޚާބުކޮށްފައިވާ އިރު، ވައިސް ޗެއަރމަންގެ މަޤާމަށް އިންތިޚާބުކުރީ ޗައިނާގެ ޝެން ރުއީ އެވެ.

ނިމިގެންދިޔަ ދެ ދައުރުގައިވެސް ރާއްޖެ ވަނީ އޭއެފްސީގެ ހިންގާ ކޮމިޓީ ކަމަށްވާ އެގްޒެކެޓިވް ކޮމިޓީގައި ތަމްސީލުކޮށްފައެވެ. އެގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގެންފައެވެ.

ނަމަވެސް އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލި މަރިޔަމް މުހައްމަދު (މާޔަން) އަށް ވަނީ އިންތިޚާބުގައި ނާކާމިޔާބުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް