އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑާއެކު ނޯވޭގެ ފުރަތަމަ މޮޅު ނައިޖީރިއާގެ މައްޗަށް..

ފުރަތަމަ ހާފުގައި ޖެހި ތިން ލަނޑާއެކު ނޯވޭގެ ފުރަތަމަ މޮޅު ނައިޖީރިއާގެ މައްޗަށް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ފްރާންސުގައި މިހާރު ކުރިއަށްދާ ފިފާ ވިމެންސް ވަރލްޑް ކަޕް 2019ގައި ރޭ 12 ޖެހި އިރު ކުޅުނު ގްރޫޕް އޭގެ މެޗު ނޯވޭ އިން ކާމިޔާބުކޮށްފިއެވެ.

 

އެޓީމުން މި މެޗު ކާމިޔާބުކުރީ ނައިޖީރިއާ އާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ޖެހި 3 ލަނޑާއެކުއެވެ.

 

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ގުރޯ ރެޓެން ޖަހައިދިން އިރު، ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ޖަހައިދިނީ ލީޒާ މެރީ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑަކީ ނައިޖީރިއާގެ އޮސިނަޗީ އޮހޭލްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

 

މި މެޗުގެ ފުރަތަމަ ހާފުގައި ނޯވޭ އިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ނައިޖީރިއާ އިންވެސް ވަނީ އިދިކޮޅަށް ހަމަލާތައް އުފައްދަން މަސައްކަތްކޮށްފައެވެ. ޚާއްޞަކޮށް ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތައް ވަރުގަދަކުރުމުގެ ސަބަބުން ނޯވޭއަށް އެހާފުގައި އިތުރު ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ.

 

މި މުބާރާތުގައި މިއަދު ކުޅޭ ފުރަތަމަ މެޗުގައި ގްރޫޕް ސީގައި ހިމެނޭ އިޓަލީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާނީ ހަވީރު 16:00ގައެވެ. އަދި ހަމަ މި ގްރޫޕުގެ ދެވަނަ މެޗުގައި ބްރެޒިލް އާއި ޖެމެއިކާ ބައްދަލުކުރާނީ 18:30ގައެވެ.

 

މިރޭ ކުޅޭ ފަހު މެޗު ފަށާނީ 21:00ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް ޑީގެ އިންގްލެންޑާއި ސްކޮޓްލެންޑެވެ. މިއީ ޑީ ގްރޫޕުގެ ފުރަތަމަ މެޗެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް