އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕުކެޓް އިންޓަރނޭޝަނަލް މެރެތަންގެ 5 ކިލޯމީޓަރުގެ ގިންތިން ރާއްޖޭގެ މޯޑު އެއްވަނަ ހޯދައިފި

ޕުކެޓް އިންޓަރނޭޝަނަލް މެރެތަންގެ 5 ކިލޯމީޓަރުގެ ގިންތިން ރާއްޖޭގެ މޯޑު އެއްވަނަ ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ތައިލެންޑުގެ ޕުކެޓް އިންޓަރނޭޝަނަލް މެރެތަންގެ 5 ކިލޯ މީޓަރު ގިންތިން ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) އެއްވަނަ ހޯދައިފިއެވެ.

 

1056 ދުވުންތެރިންނާއެކު ފެށި މިރޭސް މޯޑު ނިންމީ 16 މިނެޓް 43 ސިކުންތުންނެވެ.

 

ރާއްޖޭގެ މެރަތަން ޝޮޕުން ސްޕޮންސަރކޮށްފައިވާ ދިވެހި ސިފައިންގެ ކްލަބުގެ މޯޑުގެ މި ފަޚުރުވެރި ވަނައަކީ ރާއްޖޭން ބޭރުގައި ބޭއްވި މި ރާސްތާގެ ބައިނަލްއަޤްވާމީ ރޭހަކުން ދިވެއްސަކު އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ.

 

2014 ވަނަ އަހަރުގެ ޕުކެޓް މެރެތަންގެ ހާފް މެރެތަން ކެޓަގަރީން ޢުމުރުފުރާއިން ތިން ވަނަ ހޯދި މޯޑު ބުނީ ޕުކެޓަށް ވަރަށް މޫސުން ގޯސްކޮށް ކަމަށެވެ. އަދި ދުވީވެސް ފެންގަނޑުގެ ތެރޭގައި ކަމަށާއި ނަމަވެސް ލިބުނު ކާމިޔާބީއަށް އުފާކުރާ ކަމަށެވެ.

 

މޯޑު އިތުރަށް ބުނީ އެމްއެންޑީއެފް އިން ދެމުން އަންނަ އެހީތެރިކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަށް ޝުކުރުއަދާކުރާ ކަމަށެވެ.

 

އޭނާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާ އިރު، ސިންގަޕޫރުގައި މިދިޔަ ހަފުތާގައި ބޭއްވި އޮސިމް ސަންޑައުން މެރެތަންގެ 10 ކިލޯމީޓަރުގެ ބައިން 3 ވަނަ ހޯދުމާއި މި އަހަރުގެ ފެބްރުއަރީ މަހު ނިއު ދިއްލީ މެރެތަންގެ ހާފް މެރެތަންގެ އިވެންޓުގެ ޢުމުރުފުރާ އިން 3 ވަނަ އަދި ޖެނުއަރީ މަހު އޮތް ދުބާއީ މެރެތަންގައި ތިން މިނެޓުގެ ކުރިއެރުމަކާ އެކު 2 ގަޑި 37 މިނެޓުން ފުލް މެރެތަންޖެހުން ފާހަގަކޮށްލެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް