އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

 

ރޭ ފަތިހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ ޤައުމު ބްރެޒިލް އާއި ބޮލީވިއާއެވެ. މި މެޗު 0-3 ގެ ނަތީޖާއިން ކާޟިޔާބުކުރީ ބްރެޒިލްއެވެ.

 

ރާއްޖޭ ގަޑިން ފަތިހު 05:30 ގައި ބްރެޒިލްގެ ސާއޯ ޕައުލޯގައި ކުޅުނު މި މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީވެސް ބްރެޒިލުންނެވެ. އެގޮތުން ބޮލީވިއަގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. އެހެންނަމަވެސް ގޯލަކަށް ހެދޭގޮތް ވަނީ ނުވެފައެވެ.

 

ފަހު ހާފު ފެށިގެން ފުރަތަމަ 5 މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ފިލިޕޭ ކުޓީނިއޯ ވަނީ ބްރެޒިލަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވެ ކުޓީނިއޯ ވަނީ ދެވަނަ ލަނޑު ޖަހާ ބްރެޒިލްއަށް ލީޑު ފުޅާކޮށްދީފައެވެ.

 

މިއީ ކުޓީނިއޯ ބްރެޒިލްގެ ޤައުމީޓީމަށް ކުޅެދިން 50 ވަނަ މެޗެވެ. އަދި 16 ވަނަ ލަނޑެވެ.

 

މި މެޗުން ބްރެޒިލް ޖެހި ތިންވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެވަޓަން ސޫސާ އެވެ. މިއީ އެވަޓަން ސޫސާ ބްރެޒިލްގެ ގައުމީޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

 

މި މުބާރާތުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ވެނެޒުއެލާ އަދި ޕެރޫ ބައްދަލުކުރާ އިރު، ދަންވަރު 03:00 ގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރާނެއެވެ.

 

މި ހުރިހާ މެޗެއްވެސް އައިސްޓީވީ އިން ވަގުތުން ދައްކާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް