އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޔޫވީގެ މައްޗަށް ފޯކައިދޫ ކުރިހޯދައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޔޫވީގެ މައްޗަށް ފޯކައިދޫ ކުރިހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ށ. ފޯކައިދޫ ކުޅޫނު މެޗު ފޯކައިދޫއިން ކާމިޔާބުކޮށްފިއެވެ.

 

މި މެޗު ފޯކައިދޫއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

 

ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޯލް 66 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދި އަލީ ޝާމިއު އެވެ.

 

އެހެންނަމަވެސް 70 ވަނަ މިނެޓުގައި ޔޫވީގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) ވަނީ ގޯލެއްޖަހާ ނަތީޖާ އެއްވަރުކޮށްދީފައެވެ. 

 

ފޯކައިދޫގެ ދެވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ހަސަން ފުވާދުއެވެ.

 

ފޯކައިދޫ ޓީމުގެ ކޯޗު އަލީ ނިޝްތާރު ބުނީ މިއީ އުނދަގޫ މެޗެއް ކަމަށެވެ. ނަމަވެސް މޮޅުވުމުން ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ.

 

ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ނަތީޖާއާމެދު މާޔޫސްނުވާ ކަމަށާއި ފޯކައިދޫ ޓީމަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށެވެ.

 

މި މުބާރާތުގައި އަންނަ ބުދަދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް