އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށާއި ރަސޫލާއަށް އަދި އިސްލާމީ ޙުކުމްތަކަށް ހަޖޫޖަހައި ފުރައްސާރަކުރާ މީހުންނަކީ އިސްލާމް ދީނުން ބޭރުވެފައިވާ ބައެއް!: ޑރ. އިޔާޟް

ﷲ އަށާއި ރަސޫލާއަށް އަދި އިސްލާމީ ޙުކުމްތަކަށް ހަޖޫޖަހައި ފުރައްސާރަކުރާ މީހުންނަކީ އިސްލާމް ދީނުން ބޭރުވެފައިވާ ބައެއް!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

"ފާފައެއް ކުރެވުނު ނަމަވެސް އެމީހަކު ދީނުން ބޭރެއް ނުވާނެއެވެ. ނަމަވެސް ﷲ އަށާއި ރަސޫލާ އަށް އަދި އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ޙުކުމްތަކަށް ހަޖޫ ޖަހައި، ޖޯކްޖަހައި ފުރައްސާރަކޮށް ހަދާ މީހުންނަކީ އިސްލާމް ދީނުން ބޭރުވެފައިވާ ބައެކެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ﷲ އަށާއި އެކަލާނގެ އަޅުތަކުންގެ މައްޗަށް ފޮނުއްވެވުނު ނަބިއްޔުންނާއި ރަސޫލުންނަށް އަދި އެކަލާނގެ ބާވައިލެއްވެވި ދީނަށް (އިސްލާމް ދީނަށް) ބަދުބަސްބުނެ ފުރައްސާރަކޮށް ޖޯކް ޖަހައި މަލާމާތްކުރާ މީހުންނަކީ ކޮންބައެއްތޯ؟ އަދި އެފަދަ މީހުންނާ އެހެނިހެން ޙަރާމް ކަންކަން ކުރާ މީހުންގެ ހުރި ތަފާތަކީ ކޮބައިތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ. 

މިފަދަ ކަންކަން ކުރާ މީހުން ރާއްޖޭގައި އެބަތިބިކަން ފާހަގަކޮށް އެމީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އަދި މިހައިތަނަށް އެފަދަ އެއްވެސް މީހަކާއިމެދު އެޅި އެއްވެސް ފިޔަޥަޅެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް