އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕެރަގުއޭ އަދި ގަތަރު މެޗު ވަކިކޮޅަކަށް ބުރަނުވެ ނިމުނު އިރު، އުރުގުއޭއަށް ފަސޭހަ މޮޅެއް..

ޕެރަގުއޭ އަދި ގަތަރު މެޗު ވަކިކޮޅަކަށް ބުރަނުވެ ނިމުނު އިރު، އުރުގުއޭއަށް ފަސޭހަ މޮޅެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު އުރުގުއޭ އާއި އިކުއޭޑޯ މެޗު ފަސޭހަކަމާއެކު އުރުގުއޭ އިން ކާމިޔާބުކޮށްފިއެވެ.

 

މި މެޗު އެޓީމުން ކާމިޔާބުކުރީ 0-4 ލަނޑުންނެވެ.

 

މި މެޗުގެ ފުރަތަމަ ލަނޑު 6 ވަނަ މިނެޓުގައި ޖެހީ ނިކޮލަސް ލޮޑްރިއޯއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެކުރިން އިތުރު 2 ލަނޑުޖަހާ ލީޑުފުޅާކުރިއެވެ. އެގޮތުން މިލަނޑުތައް ޖަހައިދިނީ 33 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ އާއި 44 ވަނަ މިނެޓުގައި ލުއިސް ސުވަރޭޒްއެވެ.

 

އުރުގުއޭގެ 4 ވަނަ ލަނޑަކީ 78 ވަނަ މިނެޓުގައި އިކުއޭޑޯގެ އަތުރޯ މިނާގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

 

މި މުބާރާތުގައި ޕެރަގުއޭ އާއި ޤަތަރު ބައްދަލުކުރި މެޗު ނިމުނީ 2-2ން އެއްވަރުވެގެންނެވެ.

 

މެޗުގެ 4 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޮސްކާ ކާޑޮޒޯ ލީޑުނެގި އިރު، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖެހޭގޮތް ވަނީ ނުވެފައެވެ.

 

އެހެންނަމަވެސް ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ޕެރަގުއޭގެ ޑެލިސް ގޮންޒަލްވިސް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.

 

މި ލަނޑަށްފަހު ޤަތަރުން އެޓޭކުތައް ވަރުގަދަކުރިއެވެ. އަދި 68 ވަނަ މިނެޓުގައި ޤަތަރުގެ އަލްމޯސް އަލީ ވަނީ ލަނޑެއް ޖަހާފައެވެ. މި ނަތީޖާގައި މެޗު ނިމޭނެކަމަށް ބެލެވުނުނަމަވެސް 77 ވަނަ މިނެޓުގައި ޖުއާން ރޮޑްރިގޯ ރޮޖަސް އަތުން ބައިކޮޅަށް ވަން ލަނޑުން މެޗު ނިމުނީ 2-2ން ދެޓީމު އެއްވަރުވެގެންނެވެ.

 

ބްރެޒިލްގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ފަތިހު 4 ޖަހާ އިރު ބައްދަލުކުރާނީ ޖަޕާން އަދި ޗިލީއެވެ. ގްރޫޕް ސީގެ މި މެޗު ކުޅޭނީ ސިސެރޯ ޕޮމްޕުއެ ޓޮލެޑޯ ސްޓޭޑިއަމްގައެވެ.  

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް