އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާޒިޔާ އާއި ގްރީންގެ ކުރިމަތިލުން މާޒިޔާއަށް

މާޒިޔާ އާއި ގްރީންގެ ކުރިމަތިލުން މާޒިޔާއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ކާމިޔާބުކޮށްފިއެވެ.

މާޒިޔާއިން މި މެޗު ކާމިޔާބުކުރީ ގްރީން ސްޓްރީޓާއިވާދަކޮށް 3 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 4 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން އަސަދުﷲ ޢަބްދުﷲއެވެ. 

ފުރަތަމަ ހާފުގައި މާޒިޔާއިން ލީޑުގައި އޮވެ ނިންމާލާ، ދެވަނަ ހާފުގައި ވަނީ އިތުރު ލަނޑެއްޖަހާ ލީޑުފުޅާކޮށްފައެވެ. މިލަނޑު ޖެހީ މި ސީޒަނުގައި އެޓީމާއިގުޅުނު ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. 

މި ލަނޑާއެކު ގްރީން ސްޓްރީޓުން ކުރިއަށްޖެހި ކުޅެންފެށުމުގެ ނަތީޖާއަކީ 60 ވަނަ މިނެޓުގައި މުޙައްމަދު ސާއިފު ލަނޑެއްޖަހާ ފަރަގު ކުޑަކުރުމެވެ.

ނަމަވެސް ވަރުގަދަ ކުޅުމެއް ދައްކަމުން އައި މާޒިޔާއިން ވަނީ އެޓީމުގެ 3 ވަނަ ލަނޑު 61 ވަނަ މިނެޓުގައި ޖަހާފައެވެ. މިލަނޑު ޖެހީ މޭން އޮފް ދަ މެޗުގެ މަޤާމުވެސް ހޯދި އިބްރާހިމް މަހުދީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް