އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށް މީދޫ ކައުންސިލުން ރައީސް އަށް ދަންނަވައިފި

ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށް މީދޫ ކައުންސިލުން ރައީސް އަށް ދަންނަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މާޅޮސްމަޑުލު އުތުރުބުރީ މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ސިނާޢީ މަސައްކަތްކުރުމަށް ރަށެށް ހަމަޖައްސައިދެއްވުމަށާއި ރަށުގެ ބިން ބޮޑުކުރުމާއި، ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުމާއި، ބަނދަރު ބޮޑުކުރުން ހިމެނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ރ. މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފު ވަނީ މަޑުއްވަރީއަށް ދަތިވެފައިވާ ބައެއް ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު ބޮޑުކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާ މީގެ އިތުން ބައެއް އުމްރާނީ މަޝްރޫޢުތައް ހިންގައިދެއްވުމަށް ހުށަހަޅުއްވާފައިވެއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީދޫ ކައުންސިލާއި އަދި މަޑުއްވަރީ އިން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މައުލޫމާތު ކައުންސިލުގެ މެންބަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު