އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޔޫވީގެ ފުރަތަމަ މޮޅު ވިކްޓްރީގެ މައްޗަށް

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޔޫވީގެ ފުރަތަމަ މޮޅު ވިކްޓްރީގެ މައްޗަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

މިހާރުކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗު ތަފާތު ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ކާމިޔާބުކޮށްފިއެވެ.

ޔޫވީ އިން މި މެޗު ކާމިޔާބުކުރީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 0-4 ލަނޑުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ހިލޭ ޖެހުމަކުން ޔޫވީގެ ޑިފެންޑަރ މިލޯސް ކޮވަސެވިޗް ޖަހައިދިން ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

އެޓީމުގެ ދެވަނަ ގޯލު 54 ވަނަ މިނެޓުގައި ޑިމިޓްރީ ޖަހައިދިން އިރު، ތިން ވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ޝަފީއު އެވެ. އަދި އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޑިމިޓްރީ އެވެ.

މި ދެޓީމު މި މުބާރާތުގައި މީގެކުރިން ވަނީ ދެމެޗު ކުޅެ ބަލިވެފައެވެ. އެގޮތުން ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި ފޯކައިދޫ އަތުން ބަލިވެފައިވާ އިރު، ވިކްޓްރީ ވަނީ ޓީސީ ސްޕޯޓްސް ކުލަބުގެ އަތުން ބަލިވެފައެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މި މެޗު ވީޓީވީން ވަގުތުން ދައްކާނެއެވެ. އަދި މިރޭ 21:00ގައި ކުޅޭނީ ޓީސީ އާއި އީގަލްސްއެވެ. މި މެޗުގެ ރެކޯޑިންގ ދައްކާނީ މިރޭ 1 ޖަހާއިރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް