އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ޔުނިވަރސިޓީން ހިންގާ ހުރިހާ ކޯސްތަކެއްގަ އިސްލާމީ ތައުލީމް ހިމެނުމަށް ދީނީ ޢިލްމުވެރިން ވަނީ ސަރުކާރަށް ގޮވާލައްވާފަ!

ޤައުމީ ޔުނިވަރސިޓީން ހިންގާ ހުރިހާ ކޯސްތަކެއްގަ އިސްލާމީ ތައުލީމް ހިމެނުމަށް ދީނީ ޢިލްމުވެރިން ވަނީ ސަރުކާރަށް ގޮވާލައްވާފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ތަފާތު ދާއިރާތަކުން ކޯސްތައް ހިންގާ ޔުނިވަރސިޓީއަކަށްވާއިރު ހިންގާ ހުރިހާ ކޯސްތަކެއްގައި ވެސް އިސްލާމީ ތައުލީމް މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ރާއްޖޭގެ ޢިލްމުވެރިން ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ. 

ޢިލްމުވެރިންގެ ފަރާތުން މިކަމަށް ގޮވާލައްވާފައިވަނީ އެންމެފަހުން ބޭއްވި ޢިލްމުވެރިންގެ ޤައުމީ މަހާސިންތާގެ ކުރިން ބޭއްވި ޢިލްމުވެރިންގެ މަހާސިންތާގައެވެ.  

ޢިލްމުވެރިން ފާހަގަކުރެއްވި ގޮތުގައި މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތައް އުފެދެމުން ދަނީ ދަރިވަރުންނަށް އިސްލާމް ދީނުގެ އަސާސްތައް ފުރިހަމައަށް ނުއެނގޭތީއެވެ. ވީމާ ކޮންމެ ދާއިރާއަކުން މަތީ ތަޢްލީމް ޙާޞިލުކުރި ނަމަވެސް ކޮންމެ ދަރިވަރަކަށްވެސް އިސްލާމް ދީނުގެ އަސާސްތަކުގެ ފުރިހަމަ މައުލޫމާތު އަނގައިދޭން ޖެހޭނެއެވެ. 

ޢިލްމުވެރިން ފާހަގަކުރެއްވި ގޮތުގައި މުޖުތަމައުގައި ވައްކަމާއި ކޮރަޕްޝަނާއި އިސްލާމް ދީނާއި ދެކޮޅު ފިކުރުތައް އަށަގަތުން ފަދަ މައްސަލަތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ވީހައި ފުޅައު ދާއިރާއެއްގައި އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު ފޯރުކޮށް ދިނުމެވެ.

އެއިގެ ފަހުން 3 އަހަރުވެފައިވާއިރުވެސް ޢިލްމުވެރިންގެ ގޮވައިލެއްވުމަށް އަމަލީ ސިފަ ގެންނަން އެއްވެސް މަސައްކަތެއް ކުރެވުނުކަން އެނގިފައި ނެތްއިރު މިއަދު މަޖިލީހުގައި ވަނީ އިސްލާމިކް ޔުނިވަރސިޓީ އުވާލަން ވާހަކަ ދައްކައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް