އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާގަ ބާރަ، ސާދަ އަހަރުގަވެސް ކައިވެނި ކުރުމުގެ ހުއްދަ ދޭ!: ޑރ. އިޔާޟް

އެމެރިކާގަ ބާރަ، ސާދަ އަހަރުގަވެސް ކައިވެނި ކުރުމުގެ ހުއްދަ ދޭ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި 12 އަހަރުގައި އަނެއްބައި ސްޓޭޓްތަކުގައި ކައިވެނި ކުރުމުގެ ހުއްދަ ލިބޭ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ދެމަފިރިކަމުގެ ގުޅުން ހިންގަން 16 އަހަރަކީ ޅައުމުރެއް ނޫނެވެ. އަދި ޅައީ އެބުނާ އެބުނާ 16 އަހަރުގެ ކުދިންނެއް ނޫނެވެ. ޅައީ މިތަނުގައި މާ ހުޅަނގު ހެދިގެން އުޅޭ މީހުންގެ ސިކުނޑިތަކެވެ. އެކުދިން އެހައި ބޭނުން ކަމަކަށް ހުރަސް އަޅަނީއެވެ. ބައްލަވަ ކައިވެނީގެ ފަހުންވެސް 2 ގޭގައިވެސް އުޅެވޭނެއެވެ. އަދި ކިޔަވަންވެސް ކިޔެވޭނެއެވެ." ވިދާޅުވެ ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ ބަސްފުޅަކަށް ޖަވާބު ދެއްވަމުންނެވެ. 

އަދިވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ. 

"ޒިނޭކޮށް ވިހެއުމަކީ އާދައިގެ ކަމެއް ނޫނެވެ. ލަދުގަނެ ދެރަވާން ޖެހޭ ކަމެކެވެ. ޒިނޭކޮށްގެން 10 ދަރިން ލިބުނީމާ ދެން ކައިވެނިކުރަން މިއީ ޔޫރަޕެއް ނޫނެވެ. ބައެއް ދިވެހިން އުޅެނީ މިފަދަ ފިކުރުތައް ނުފެތުރިގެނެވެ. މިފެންނަނީ އެކަމުގެ ނަތީޖާއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ."  .

16 އަހަރުގެ ކުދިންގެ ކިބައިން ޒިނޭކުރުން ފަދަ ފާހިޝް އަމަލުތައް ފެނިގެން އެދަނީ އަދި އެކުދިން ވިހާ ހިސާބަށް ކަންކަން ދަނީ އެކުދިންގެ ކަންކަން މައިންބަފައިންނަށް ނުބެލެހެއްޓޭތީއެވެ. އެހާލަތުގައި ފާހިޝް އަމަލުތަކަށް އެކުދިން އަރައިގަތުން ހުއްޓުވުމަޓްޓަކައިވެސް އިސްލާމް ދީނުގައި އޮތީ ކައިވެނިކޮށްދިނުން ކަމަށް ދިނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް