އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗު ދަ ގްރާންޑޭ އިން ކާމިޔާބުކޮށް މި މުބާރާތުގައި އެޓީމު ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފިއެވެ.
މިއަހަރު މުޅިން އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން އިއްޔެގެ މެޗު ކާމިޔާބުކުރީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 4-0 ންނެވެ.
މި މެޗުގެ 10 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަރޑް އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. އަދި އޭގެ 8 މިނެޓު ފަހުން ލީޑު ފުޅާކޮށްދިނީ ބިދޭސީ ފޯވަރޑް އޮބައިދާ ކަދުމް އަހުމަދެވެ.
ދަ ގްރާންޑޭގެ ތިންވަނަ ގޯލް ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ޖެހި އޮބައިދާ ކަދުމް އަހުމަދެވެ. އަދި މެޗުގެ ފަހު މިނެޓުގައި ދަ ގްރާންޑޭއިން ކާމިޔާބުކުރި ހަތަރުވަނަ ގޯލަކީ ވިކްޓަރީގެ ހުސައިން ޝިހުބާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ އީގަލްސް އާއި ގްރީން ސްޓްރީޓެވެ.
މި މެޗުގެ 23 ވަނަ މިނެޓުގައި އަހުމަދު ރިޒުވާން ޖަހައިދިން ގޯލުން އީގަލްސް ކުރި ހޯދާފައިވާ އިރު، ގްރީން ސްޓްރީޓުން ނަތީޖާ އެއްވަރުކުރީ އެންމެ ފަހު މިނެޓުގެތެރޭގައި ޢަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ގޯލާއެކުއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓްރީއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިލަންދޫ އެވެ.
Advertisement
25 ޖޫން 2019