އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު
އަންނަ ޖުލައި މަހު އައްޑޫސިޓީގައި ބާއްވާ ޔުއެފާ ޔޫތު މުބާރާތަށް ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމަށް މުބާރާތުގެ ކުރިން އިތުރު ޕްރެކްޓިސް މެޗު ބޭނުންވާކަމަށް ޓީމުގެ ކޯޗު އިބްރާހިމް ހަލީމް (ޖަޑާ) ބުނެފިއެވެ.
އޭނާ މިހެންބުނީ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރަސްމީ ފޭސްބުކް ޕޭޖަށް ދިން އިންޓަވިއުއެއްގައެވެ.
ޖަޑާ ބުނީ އެ މުބާރާތަށް އެކަށީގެންވާވަރަށް ތައްޔާރުނުވެވޭ ކަމަށެވެ. އަދި މިހާތަނަށް ކުޅެވުނީ އެންމެ ޕްރެކްޓިސް މެޗެއް ކަމަށާއި މިއީ އެންމެ އެކަށޭނަ މިންވަރެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އަބަދުވެސް މަސައްކަތްކުރާނީ މޮޅުވާން ކަމަށާއި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން ބޫޓާން ބަލިކުރެވޭނެކަމުގެ އުއްމީދު މިހާރުވެސް ބޮޑުކަމަށް އޭނާ ބުންޏެވެ.
ސައުދި އަރަބިއްޔާ އާއި ލެޓްވިއާ އަކީ ރާއްޖެއަށްވުރެ މަތީފެންވަރުގެ ޓީމުތައް ކަމަށާއި އެހެންކަމުން އެޓީމުތަކާއިކުޅޭ އިރު ބަލާނީ ބައިކޮޅަށް ވަންނަ ގޯލުގެ ޢަދަދު މަދުކުރުމަށް ކަމަށްވެސް ޖަޑާ ބުންޏެވެ.
އަންނަ މަހުގެ 20 އިން 29 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމުގެ އިތުރުން ވާދަކުރާނީ ބޫޓާން، ލެޓްވިއާ އަދި ސައުދީ އަރަބިއްޔާގެ 15 އަހަރުން ދަށުގެ ޓީމެވެ.
Advertisement
29 ޖޫން 2019