އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާ ޗެލެންޖު ފުޓްބޯޅަ މުބާރާތް ޓޫރިޒަމް މިނިސްޓަރ ފައްޓަވާދެއްފި

ބާ ޗެލެންޖު ފުޓްބޯޅަ މުބާރާތް ޓޫރިޒަމް މިނިސްޓަރ ފައްޓަވާދެއްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ބާ ޗެލެންޖު ފުޓްބޯޅަ މުބާރާތް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ފައްޓަވާދެއްފިއެވެ.

ފޯރ ސީޒަން ލަނޑާގިރާވަރުން އިންތިޒާމުކޮށްގެން ވެސްޓް ވިންގ އޭދަފުށީގެ އެހީތެރިކަމާއެކު މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވެފައިވާ 11 ޓީމު ވަނީ 3 ގްރޫޕަކަށް ބަހާލާފައެވެ.

އެގޮތުން ގްރޫޕް އޭގައި ދަރަވަންދޫ، ކެންދޫ އަދި ދޮންފަނު ހިމެނޭ އިރު، ގްރޫޕް ބީގައި ހިމެނެނީ އޭދަފުށި، ގޮއިދޫ، މާޅޮސް އަދި ކުޑަރިކިލެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ހިތާދޫ، ފެހެންދޫ، ތުޅާދޫ އަދި ކިހާދޫއެވެ.

މިއީ މިއަތޮޅުގައިތިބި ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް ވާދަވެރި މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދީ، ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގައި ވާދަކުރާ ޓީމުތައް އޭދަފުއްޓަށް ގެނައުމާއި ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދެނީ ލަނޑާގިރާވަރުގެ ފަރާތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް