އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ. ޗެލެންޖުގެ ފުރަތަމަ މެޗުފައި ގޮއިދޫ ބަލިކޮށް އޭދަފުށި ފެށުން ރަނގަޅުކޮށްފި

ބ. ޗެލެންޖުގެ ފުރަތަމަ މެޗުފައި ގޮއިދޫ ބަލިކޮށް އޭދަފުށި ފެށުން ރަނގަޅުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ބ. އޭދަފުށީގައި މިއަދު ފެށި ބ. ޗެލެންޖު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އޭދަފުށިން ކާމިޔާބުކޮށްފިއެވެ.

މި މެޗު އޭދަފުށިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގައި ދާދިހަމަހަމަ ކުޅުމެއް ދެޓީމުންވެސް ކުޅެމުންދިޔަނަމަވެސް ގޯލުޖަހާނެ ފުރަތަމަ ފުރުޞަތު ހޯދީ އޭދަފުށިންނެވެ. ގޯލު އޭރިޔާގެ ބޭރުން ގޯލުކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޖަހަން ހުރި ކުޅުންތެރިޔާއަށް ބޯޅައިގާ ޖައްސާލެވޭވަރުނުވެ، އެފުރުޞަތުގެ ބޭނުންހިފޭގޮތެއް ނުވިއެވެ.

އޭގެ 2 މިނެޓުފަހުން ގޮއިދޫންވެސް ވަނީ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ލަނޑަކަށް ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ.

މިހިސާބުން ދެޓީމުންވެސް ކުޅެމުންދިޔައީ ލަނޑެއްޖަހާ ނަތީޖާބަދަލުކޮށްލުމަށެވެ.

ފުރަތަމަ ގޯލު ޖަހާ ފުރަތަމަ މުބާރާތުގެ ފުރަތަމަ ލަނޑު ޖެހީ 20 ވަނަ މިނެޓުގައި ގޮއިދޫގެ ޖާރޒީ ނަމްބަރ 11 ޝައްމޫން ޝަމީލްއެވެ. މިލަނޑާއެކު އޭދަފުށިން އެޓޭކަށް އިހުނަށްވުރެ، ވިސްނާ ކުޅެންފެށިއެވެ. އަދި އޭދަފުށިން ނަތީޖާ އެއްވަރުކޮށްދިނީ 43 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރ 7 ޢަލީ ނަސީމްއެވެ.

ފުރަތަމަ ހާފު މިނަތީޖާގައި ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން މާގިނަ އިރެއް ނުވަނީސް 51 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރު 11 ޝާހީ މޫސާއެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ހޯދީވެސް ޝާހީއެވެ. މޭން އޮފް ދަ މެޗަށް ހޮވުނު ޝާހީއަށް އިނާމުޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުއެވެ.

މި ލަނޑާއެކު ގޮއިދޫގެ ކުޅުން ވަރުގަދަކޮށް އޭދަފުށީގެ ގޯލަށް ނުރައްކާކުރަމުން ދިޔައެވެ. ނަމަވެސް ގޯލެއްޖެހޭގޮތް ނުވީ އޭދަފުށީގެ ގޯލްކީޕަރުގެ ހުޝިޔާރުކަމުންނާއި ޑިފެންޑަރުންގެ ހުށިޔާރުކަމުންނެވެ.

މި މުބާރާތުގައި މާދަމާ ބައްދަކުކުރާނީ ހިތާދޫ އާއި ތުޅާދޫއެވެ. މެޗު ފަށާނީ 16:00ގައެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް