އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބ. ޗެލެންޖު ފުޓްބޯޅަ މުބާރާތް: ހިތާދޫ އާއި ތުޅާދޫގެ ކުރިމަތިލުމަށް ހަމަހަމަ ނަތީޖާއެއް..

ބ. ޗެލެންޖު ފުޓްބޯޅަ މުބާރާތް: ހިތާދޫ އާއި ތުޅާދޫގެ ކުރިމަތިލުމަށް ހަމަހަމަ ނަތީޖާއެއް..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ބ. އޭދަފުށީގައި މިހާރުކުރިއަށްދާ ބ. ޗެލެންޖު ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އޭދަފުށީގައި އަލަށްއެޅި ޓަރފް ފުޓްބޯޅަ ދަނޑުގައި މިއަދުކުޅުނު ކުޅުނު މެޗުގައި ބައްދަލުކުރީ ހިތާދޫ އާއި ތުޅާދޫ އެވެ. 

މި މެޗު ނިމުނީ 1-1ން އެއްވަރުވެގެންނެވެ.

ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ދެޓީމުންވެސް ދެއްކި މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ތުޅާދޫންނެވެ. މިއީ ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް ޖާރޒީ ނަމްބަރު 5 އިފްހާމް ރަޝާދު ޖަހައިދިން ލަނޑެކެވެ.

ދެވަނަ ހާފުގައިވެސް ދެޓީމުންވެސް ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ހިތާދޫއަށެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހިތާދޫގެ ޖާރޒީ ނަމްބަރު 10 އަހްމަދު ހުސައިންއެވެ. މި ލަނޑު އޭނާޖެހީ ފަހު ހާފު ނިމެން މަދު ސިކުންތުކޮޅަކަށްވެފައިވަނިކޮށެވެ.

މާދަމާގެ މެޗުގައި ބައްދަލުލުކުރާނީ މާޅޮސް އާއި ކުޑަރިކިލެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް