އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭދަފުށިން މާޅޮސްކޮޅަށް ލަނޑު ގޯންޏެއްޖަހާ، ސެމީފައިނަލާއި ފިޔަވަޅަކަށް ގާތަށް ޖެހިލައިފި

އޭދަފުށިން މާޅޮސްކޮޅަށް ލަނޑު ގޯންޏެއްޖަހާ، ސެމީފައިނަލާއި ފިޔަވަޅަކަށް ގާތަށް ޖެހިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ފޯރސީޒަން ލަނޑާގިރާވަރުން އިންތިޒާމުކޮށްގެން ވެސްޓް ވިންގ އޭދަފުށީގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ ބ. ޗެލެންޖު ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށިން މާޅޮސްކޮޅަށް ލަނޑެއްޖަހާ، ސެމީފައިނަލާއި ފިޔަވަޅަކަށް ގާތަސްޖެހިލައިފިއެވެ.

އޭދަފުށީ ޓަރފް ދަނޑުގައި ކުޅުނު މި މެޗު އޭދަފުށިން ކާމިޔާބުކުރީ 0-11 ލަނޑުންނެވެ.

މި މެޗުގައި އޭދަފުށީގެ މުހައްމަދު ފާސިރާއި އަލީ ނަސީމު ވަނީ ހެޓްރިކް ހަދާފައިވާ އިރު، އެޓީމުގެ އިތުރު ގޯލުތައް ޖަހައިދިނީ ރަޒާން ރަޝީދު، އިބްރާހިމް ޝަރީފް އަދި އުނެއިސް ޒުބައިރެވެ. މީގެތެރެއިން ރަޒާން އާއި ޝަރީފް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ މުހައްމަދު ފާސިރެވެ.

މިއަދުގެ މެޗުން އޭދަފުށި މޮޅުވުމުން އެޓީމު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. އެއީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން ލިބުނު 6 ޕޮއިންޓާއެކުގައެވެ.

މިއަހަރުގެ މުބާރާތުގައި 11 ރަށަކުން ވާދަކުރެއެވެ.

މާދަމާ ހަވީރު 16:15ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ބ. ދަރަވަންދޫ އާއި ބ. ކެންދޫއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް