އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢަލީ ޝާއިންގެ ހެޓްރިކާއެކު ކެންދޫއިން ދަރަވަންދޫ ބަލިކޮށްފި

ޢަލީ ޝާއިންގެ ހެޓްރިކާއެކު ކެންދޫއިން ދަރަވަންދޫ ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗު ކެންދޫއިން ކާމިޔާބުކޮށްފިއެވެ.

ދަރަވަންދޫއާ ބައްދަލުކޮށް ކެންދޫ އިން މި މެޗު ކާމިޔާބުކުރީ 5 ލަނޑު 3 ލަނޑުންނެވެ.

އޭދަފުށީ ޓަރފް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ދަރަވަންދޫއިންނެވެ. މި ލަނޑު 2 ވަނަ މިނެޓުގައި ޖަހައިދިނީ ޖާރޒީ ނަމްބަރު 10 ސާމިން ޢަލީ ޝަރީފެވެ. އެހެންނަމަވެސް އޭގެ 8 މިނެޓުފަހުން މެޗުގެ 10 ވަނަ މިނެޓުގައި ކެންދޫގެ ޖާރޒީ ނަމްބަރު 7 ޢަލީ ޝާއިން ވަނީ ލަނޑެއްޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.

ދެވަނަ ލަނޑުޖެހިތާ 4 މިނެޓުފަހުން މެޗުގެ 14 ވަނަ މިނެޓުގައި ކެންދޫއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ ޖާރޒީ ނަމްބަރު 77 ރަބީޢު އަޙްމަދުއެވެ.

މި ލަނޑާއެކު ފުރަތަމަ ހާފު ކެންދޫ ލީޑުގައި އޮވެގެން ނިންމާލި އިރު، ދެވަނަ ހާފު ފެށިގެންވެސް މާގިނަ އިރުތަކެއްނުވެ، ކެންދޫއިން ވަނީ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި ޖާރޒީ ނަމްބަރު އަޙްމަދު މިސްބާޙް ލަނޑެއްޖަހައިދިން އިރު، 56 އަދި 61 ވަނަ މިނެޓުގައި ޢަލީ ޝާއިން ވަނީ އިތުރު ދެލަނޑު ޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

އެހެންނަމަވެސް ދަރަވަންދޫއިންވެސް ފޯރިއާ ޖޯޝާއެކު ކެންދޫގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އެގޮތުން 71 މިނެޓާއި 74 ވަނަ މިނެޓުގައި ދަރަވަންދޫގެ ޖާރޒީ ނަމްބަރު 5 މުޙައްމަދު އަނިލް ވަނީ ދެ ލަނޑުޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކެންދޫގެ ހުނަރުވެރި ކުޅުންތެރިޔާ ޖާރޒީ ނަމްބަރު 7 ޢަލީ ޝާއިންއެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ގޮއިދޫ އާއި ކުޑަރިކިލެވެ. މެޗު ފެށުމަށް ތާވަލުކޮށްފައިވަނީ 16:15ގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް