އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޮއިދޫ އިން ކުޑަރިކިލު ބަލިކޮށް ސެމީފައިނަލާއި ގާތަށް ޖެހިލައިފި

ގޮއިދޫ އިން ކުޑަރިކިލު ބަލިކޮށް ސެމީފައިނަލާއި ގާތަށް ޖެހިލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ބ. ފުޓަބޯލް ޗެލެންޖުގައި ގޮއިދޫ އިން ކުޑަރިކިލު ބަލިކޮށް ސެމީފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

އޭދަފުށީ ޓަރފް ދަނޑުގައި މިއަދު ކުޅުނު މެޗު ގޮއިދޫއިން ކާމިޔާބުކުރީ ކުޑަރިކިލާއި ވާދަކޮށް 5 ލަނޑު 1 ލަނޑުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫއިންވަނީ 3 ގޯލުޖަހާ ލީޑުނަގާފައެވެ.

މި ގޯލުތައް ޖަހައިދިނީ އިބްރާހިމް މާޖިދުއާއި އަޙްމަދު ނިޒާމްއެވެ. މެޗުގެ ދެވަނަ މިނެޓުގައި ޖާރޒީ ނަމްބަރު 17 އިބްރާހިމް މާޖިދު ގޯލެއްޖަހާ ލީޑުނެގި އިރު، 38 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖެހީ ޖާރޒީ ނަމްބަރު 7 އަޙްމަދު ނިޒާމެވެ. އަދި ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި އިބްރާހިމް މާޖިދު ވަނީ އެޓީމުގެ 3ވަނަ ގޯލު ޖަހާ ލީޑުފުޅާކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ކުޑަރިކިލުން ގޯލެއްޖަހަން ކުރި މަސައްކަތުން އެޓީމުގެ ހަމައެކަނި ގޯލު 57 ވަނަ މިނެޓުގައި ޖަހައިދިނީ ޖާރޒީ ނަމްބަރު 12 ޙުސައިން ޙަންނާނެވެ.

އެހެންނަމަވެސް 66 މިނެޓުގައި ގޮއިދޫގެ އިބްރާހިމް މާޖިދުއާއި ޖާރޒީ ނަމްބަރު 10 އަޙްމަދު ވިޝާމް 84 ވަނަ މިނެޓުގައި ވަނީ ނަތީޖާ ޔަގީންކޮށްފައެވެ. 

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ލިބުނީ ގޮއިދޫއަށް ތިންގޯލު ޖަހާ، ހެޓްރިކްހެދި އިބްރާހިމް މާޖިދެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ތުޅާދޫ އާއި ކިހާދޫއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް