އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަސް ދަތުރުތަކުގަ މިޔުޒިކް ޖެހުމުގެ ބަދަލުގަ ފައިދާހުރި މައުލޫމާތު ޢާންމުކުރަން ގިނަ ބައަކު އެދޭ!

ބަސް ދަތުރުތަކުގަ މިޔުޒިކް ޖެހުމުގެ ބަދަލުގަ ފައިދާހުރި މައުލޫމާތު ޢާންމުކުރަން ގިނަ ބައަކު އެދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

މާލެ އާއި ހުޅުމާލެ އާއި ދެމެދުގައި ނަމަވެސް އަދި ހުޅުމާލެ އާއި ހުޅުލެއާއި ދެމެދުގައި ނަމަވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ނަމަވެސް ކުރާ ބަސްދަތުރުތަކުގައި މިޔުޒިކް ޖެހުމުގެ ބަދަލުގައި ފައިދާހުރި ކޮންމެވެސް މައުލޫމާތުތަކެއް ހާމަކޮށްދިނުމަށް ގިނަ ބައަކު އެދެއެވެ. 

މިއަދުނޫހާއި މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނީ ބައަކު މިޔުޒިކް އަޑުއެހުމަށް ލޯބިކުރި ނަމަވެސް އެއީ ކަނޑައެޅިގެން ހަރާމް ކަމެއް ކަމަށް ޤަބޫލުކުރާ މީހުން ވެސް ވަރަށް ގިނަ ކަމަށެވެ. މީގެ އިތުރުން މިޔުޒިކް ޖެހުމުން ލިބޭ އެއްވެސް ފައިދާއެއްވެސް ނެތް ކަމަށެވެ. 

"މިޔުޒިކްގެ ބަދަލުގައި ދީނީ މައުލޫމާތު ނޫނީ އެނޫންވެސް ރައްޔިތުންނަށް ފައިދާކުރާނެ މައުލޫމާތު ޢާންމުކުރާނަމަ ކޮންމެވެސް ފައިދާތަކެއް ކުރާނެ. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ބައިވަރު ކަންކަން ވެސް އެބަހުރި. ދިރިއުޅުމުގެ ކަންކަންވެސް އެބަހުރި. ހޭލުންތެރިކުރުވަންޖެހޭ އަޚްލާޤީ މައްސަލަތައް ބައިވަރު. އިޖުތިމާޢީ މައްސަލަތައްވެސް ބައިވަރު. އެންމެ ކުޑަމިނުން ބަހުން ފައިބައި ހުސް ފެންފުޅި ބިންމައްޗަށް އެއްލައިލުމަށްވެސް މިވަނީ ހޭލުންތެރި ކުރުވަން ޖެހިފަ. ވީމާ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްކުރީމާ އެކަމުގެ ފައިދާ ފެންނާނެ." 

"ސަރުކާރުން ބޭނުން ނަމަ މިފަދަ ކަންކަން ވަރަށް ފަސޭހައިން ކުރެވޭނެ. ކީއްތޯވާނީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ދޭ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުން. ވިޔަފާރި ޚިދުމަތްތައް އިޝްތިހާރު ކުރާނަމަ އާމްދަނީވެސް ހޯދޭނެ. އެމްޓީސީ އާ އެޗްޑީސީން ލިބެންހުރި ޚިދުމަތްތައް ހޯދާނެ ގޮތް ވެސް ގިނަ ފަހަރު މިއޮންނަނީ ނުއެނގިފަ.  ދީނީ މައުލޫމާތު ހާމަކުރާނަމަ ސަވާބުވެސް ދެއްވަވާނެ." ކަމަށްވެސް މައުލޫމާތުދިން ބައެއް މީހުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް