އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހަތުންއަރާ ކިހާދޫއިން ހިތާދޫ ބަލިކޮށްފި

ފަހަތުންއަރާ ކިހާދޫއިން ހިތާދޫ ބަލިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އޭދަފުށީގައި މިހާރުކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ކުޅުނުމެޗު ހިތާދޫއިން ލަނޑެއްޖަހާފައިވަނިކޮށް ކިހާދޫއިން ފަހަތުންއަރާ މޮޅުވެއްޖެއެވެ.

އޭދަފުށި ޓަރފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު ކިހާދޫއިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ހިތާދޫއަށް ލީޑުނަގައިދިނީ އަޙްމަދު ޙުސައިންއެވެ. އަދި ފުރަތަމަ ހާފު ނިންމާލީ މި ލީޑުގައި އޮވެގެންނެވެ.

އެހެންނަމަވެސް ކިހާދޫގެ ފޯވަރޑްލައިނުން ހިތާދޫގެ ގޯލަށް ދެމުންދިޔަ ހަމަލާތަކާއެކު ނަތީޖާ އެއްވަރުކުރީ 66 ވަނަ މިނެޓުގައި ޢަބްދުލްސަމީޢު ޚަލީލު ޖަހައިދިން ގޯލުންނެވެ.

ކިހާދޫގެ މި ގޯލާއެކު މިނަތީޖާގައި މެޗު ނިމިދާނެކަމަށް ބެލެވުނުނަމަވެސް ކިހާދޫކޮޅަށް ނަތީޖާ އަނބުރާލީ 90 ވަނަ މިނެޓުގައި ޙުސައިން އީމާންއެވެ. 

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމަށްވެސް ހޮވުނީ ކިހާދޫ ޓީމުގައި މޮޅުކުޅުމެއްދައްކަމުންއަންނަ ޙުސައިން އީމާންއެވެ.

މި މުބާރާތުގައި މާދަމާގެ މެޗުގައި ބައްދަލުކުރާނީ ގޮއިދޫ އާއި މާޅޮހެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް