އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖުގަ ކުއްލި ހާލަތުގަ އަމަލުކުރާނެ އިމަރޖެންސީ ޕްލޭން އެކުލަވާލައި އިދާރާތަކަށް ފޮނުވައިފި

ޙައްޖުގަ ކުއްލި ހާލަތުގަ އަމަލުކުރާނެ އިމަރޖެންސީ ޕްލޭން އެކުލަވާލައި އިދާރާތަކަށް ފޮނުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

މިއަހަރުގެ ޙައްޖުގައި ދިމާވެދާނެ ކުއްލި ހާލަތުތަކުގައި އަމަލުކުރާނެ ގޮތުގެ އިމަރޖެންސީ ޕްލޭން އެކުލަވާލައި ކަމާއިބެހޭ އިދާރާތަކަށް ފޮނުވައިފިއެވެ.

ޙައްޖުގެ ކަންކަމާއި ބެހޭ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު ޕްރިންސް ޢަބްދުލްޢަޒީޒް މިހާރު ވަނީ ޕްލޭނަށް އަމަލުކުރަން ކަމާއިބެހޭ އިދާރާތަކަށް އަނގަވައިފައެވެ. މި ޕްލޭން އެކުލަވައިލާފައިވަނީ މިދިއަ އަހަރު ކުރިމަތިވި މައްސަލަތައްވެސް ހައްލުކުރެވޭނެ ގޮތަށް ބަލައި ދިރާސާކޮށްގެން ކަމަށް ބުނެއެވެ.

ޕރިންސް ޢަބްދުލްޢަޒީޒް ވިދާޅުވެފައިވަނީ ޕްލޭން އެކުލަވައިލެއްވީ ގުޅުންހުރި އިދާރާތަކުގެ މަޝްވަރާ އާއިއެކު ސަލްމާން ރަސްގެފާނާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ އިރުޝާދާއިއެކު ކަމަށެވެ.

ހައްޖަށް ދިއުމަށް އިތުރު ކޯޓާ ދޫކޮށްފައިވުމާއިއެކު މިއަހަރު ހައްޖަށްދާ މީހުންގެ އަދަދު ގިނަވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް