އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިއޯއައިޖީގެ ސަތޭކަ މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު, ފައިނަލް މިއަދު ހަވީރު..

އައިއޯއައިޖީގެ ސަތޭކަ މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު, ފައިނަލް މިއަދު ހަވީރު..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލަށް ރާއްޖޭގެ ބާރުދުވުންތެރިޔާ ޙަސަން ސާއިދު ދަތުރުކޮށްފިއެވެ.

އޭނާ ފައިނަލަށް ދިޔައީ މިއަދު ހެނދުނުއޮތް ހީޓުގައި ދެވަނަ ހޯދައިގެންނެވެ.

ބައިނަލްއަޤުވާމީ މުބާރާތަކުން ރާއްޖެއަށް އެތްލެޓިކްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑެލް 2015 ވަނަ އަހަރު ރީޔޫނިއަންގައި އޮތް އައިއޯއައިޖީގައި ހޯދާ، ހަމައެއަހަރު ބޭއްވި 200 މީޓަރު ދުވުމުން ރިހި މެޑެލް ހޯދައިދިން ސާއިދު މިއަދު ދުވާ ފައިނަލް އޮންނާނީ ރާއްޖެގަޑިން 16:45ގައެވެ. 

މިއަހަރުގެ މުބާރާތުގެ 100 މީޓަރުގެ ދުވުމުގައި ރާއްޖެއިން ވާދަކުރި އަންހެން އެތްލީޓުންވަނީ ކަޓާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް