އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބީޗުވޮލީ ޓީމު ރިހި މެޑެލް ހޯދައިފި

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބީޗުވޮލީ ޓީމު ރިހި މެޑެލް ހޯދައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

އައިއޯއައިޖީގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބީޗުވޮލީ ޓީމު ރިހި މެޑެލް ހޯދައިފިއެވެ.

މޮރިޝަސްގައި މިހާރުކުރިއަށްދާ ގޭމްސްގެ ބީޗުވޮލީގައި ރާއްޖޭގެ ފިރިހެން ޓީމުންވަނީ ރަނގަޅު ކުޅުމެއް ދައްކާ، ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށްފައެވެ.

އެގޮތުން މޮރިޝަސް އާއި ކޮމޯރޯސް ބަލިކޮށްފައިވާ އިރު، ސީޝެލްސް އާއެކު މިއަދު ކުޅުނު މެޗުގެ ފުރަތަމަ ގޭމް 21-18 އަދި 10-21 ން ރާއްޖެ މޮޅުވި އިރު، ދެވަނަ ގޭމް ގެންދިޔައީ 13-21 އަދި 14-21ންނެވެ. 

ރާއްޖެ ބަލިވީ ރީޔޫނިއަން އަތުން އެކަންޏެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް