އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ކިޑްސް ކެޓަގަރީ އިތުރުކޮށް ބައިވެރިވާން ހުޅުވާލައިފި

ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ކިޑްސް ކެޓަގަރީ އިތުރުކޮށް ބައިވެރިވާން ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ކިޑްސް ކެޓަގަރީ އިތުރުކޮށް ބައިވެރިވާން ހުޅުވާލައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ ކިޑްސް ކެޓަގަރީގައި ބައިވެރިވެވޭނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް 8 އަހަރުފުރި 10 އަހަރު ނުފުރޭ ކުދިންނަށް ކަމަށެވެ. 

މިކެޓަގަރީގައި އޮންނާނީ 25 މީޓަރު ފްރީ ސްޓައިލް، 25 މީޓަރު ބެކް ސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ބަޓަރފްލައި އިވެންޓު ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގެއިތުރުން އެ އެސޯސިއޭޝަނުން ބުނީ މި ކެޓަގަރީގައި ވަނަހޮވުމެއް ނޯންނާނެ ކަމަށާއި މި ކެޓަގަރީގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް މެޑެލްއާއި ސެޓްފިކެޓް ލިބޭނެ ކަމަށެވެ.

ކިޑްސް ކެޓަގަރީގައި ބައިވެރިވާން ބޭނުންފަރާތްތަކަށް އަންނަ ބްރާސްފަތި ދުވަހުގެ 14:00އަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވާންއެދޭ ފޯމާއި ޤަވާޢިދު އެސޯސިއޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

ސްވިމިންގ އެސޯސިއޭޝަން 16 ވަނަ ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ މި މަހިގެ 30 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް