އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ފުލުހުން މަސައްކަތްކުރާނަމަ ފުލުހުންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި މުޅި ގައުމު ބައިވެރިވާނެ: ހޯމް މިނިސްޓަރ

ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ފުލުހުން މަސައްކަތްކުރާނަމަ ފުލުހުންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި މުޅި ގައުމު ބައިވެރިވާނެ: ހޯމް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ފުލުހުން މަސައްކަތްކުރާނަމަ ފުލުހުންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި މުޅި ގައުމު ބައިވެރިވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިހެންވިދާޅުވީ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރަން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ވިދާލުވީ ފުލުހުން ކުރާ ހުރިހާ ކަމެއް ގާނޫނާއި ގަވައިދުގެ ތެރެއިން ކުރާނަމަ މުޖުތަމައުގައި ދިރިއުޅޭ އެންމެންވެސް ބަލައިގަންނަ ފަދަ ބަޔަކަށް ފުލުހުން ވެގެންދާނެ ކަމަށާއި ފުލުހުންގެ މަސައްކަތް ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކުރިއަށްދާނަމަަ ފުލުހުންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި މުޅި ގައުމު ބައިވެރިވާނެ ކަމަށެވެ.

"ގައުމު އަމާންކަމާއި ސުލްހަވެރިކަމުގައި ބޭއްވޭނީ ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނީ ހަމަތަކުގެ ތެރެއިން އެ ފުރުސަތު ފުލުހުންނަށް ދީގެން. އެކަމަކީ ރައްޔިތުންނާ ސަރުކާރުން މަގުފަހިކޮށްދޭންޖެހޭ ކަމެއް. އެކަމުގައި ފުލުހުންގެ ފަރާތުން ދައްކައިދޭންޖެހޭ ރީތި ނަމޫނާ ދެއްކުމާއި ފުރިހަމަގޮތުގައި ތިބުމުގެ މަސައްކަތް ފުލުހުންގެ އެންމެ މަތީ ލީޑަޝިޕްގެ ފަރާތުން ދަނީ އިންތިޒާމުކޮށް ކުރެވޭތޯ މަސައްކަތް ކުރަމުން،" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރަމުންދާއިރު ކުރިމަތިވާ ނުރައްކާތެރި ކަންކަމުގެ ސަބަބުން ދުނިޔެ ދޫކޮށްދާ ފަރާތްތަކުގެ ޒިކުރާ އާކުރުމަށް ފާހަގަކުރާ މިފަދަ ދުވަސްތަކުގައި އެފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމައާއި ގެއްލުން އަބަދުވެސް ހަދާންކުރަންޖެހޭ ކަމަށެވެ އަދި ފުލުހުންގެ އާއިލާގެ ކޮންމެ މީހަކަށް ދިމާވާ ކަމަކީ މުޅި ފުލުހުންގެ މުއައްސަސާއަށް ދިމާވާ ކަމެއްކަމަށާއި އެފަދަ ހާދިސާތަކުގައި އާއިލީ ރޫހު ފެނިގެންދާތީ އުފާކުރައްވާކަމަށް މިނިސްޓަރ އިމްރާން ވިދާލުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު