އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮންދަރިއާ ބެހުމުން އިއްވި 2 ޚުކުމް ވެސް ހައިކޯޓުން ދަމަހައްޓައިފި

ދޮންދަރިއާ ބެހުމުން އިއްވި 2 ޚުކުމް ވެސް ހައިކޯޓުން ދަމަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

18 އަހަރުން ދަށުގެ ދޮންދަރިއަކާ އެކިފަހަރުމަތިން ބެހުނު މީހެއްގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ދެ ޖަލު ހުކުމްވެސް ހައި ކޯޓުން ދަމަހައްޓައިފިއެވެ. 

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ ވެސް ސާބިތުވުމުން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު މިމީހާ އަށް ޖުމްލަ 30 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ ކޮންމެ ދައުވާއަކަށް 15 އަހަރުގެ ޖަލު ހުކުމެކެވެ.

މިމައްސަލަ އެ މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭގެ ތެރެެއިން އެއް ހުކުމް މި މަހުގެ 14 ވަނަ ދުވަހު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އަދި ދެވަނަ ހުކުމްވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ދަމަހައްޓައިފަ އެވެ.

ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި ކުޑަކުއްޖެއްގައި ގައިގައި އަތްލާ ކޮންމެ ފަހަރަކީ ވަކި ކުށެއްގެ ގޮތުގައި ބެލޭނެ ކަމަށާއި އަދި އެއް ކުއްޖަކާ މެދު ގިނަ ފަހަރު އެފަދަ އަމަލެއް ހިންގައިފި ނަމަ ވަކި ވަކިން ކޮންމެ ފަހަރަކީ ކުށެއް ކަމަށް ބެލި ދައުވާ ކުރެވޭނެ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ތަހުގީގަށް ކިޔައިދިން ވާހަކަތައް ޑޮކްޓަރުންގެ ހޯދުންތަކާ ދިމާވާ ކަމަށާއި މީގެ އިތުރުން އެ ކުއްޖާ އަށް ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކަކީ ޖިންސީ ގޯނާގެ ސަބަބުން ކޮށްފައިވާ އަސަރުތަކެއް ކަމަށް އެ ކުއްޖާއާ އިންޓަވިއުކުރި ސޯޝަލް ވޯކަރުގެ ފަރާތުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެކަންކަމުގެ މައްޗަށް ކުއްޖާއާއި ކުއްޖާގެ ދައްތަގެ ބަހުން ހަރުދަނާ ގަރީނާ ލިބިގެންދާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

މިމީހާގެ ނަމާއި ރަށް ހިމަނާފައި ނެތީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު