އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެތްލެޓިކްސް ހަތަރު ގުނަ ހަތަރުސަތޭކަ މީޓަރުގެ ދުވުމުން ރާއްޖެއަށް ފަސް ވަނަ..

އެތްލެޓިކްސް ހަތަރު ގުނަ ހަތަރުސަތޭކަ މީޓަރުގެ ދުވުމުން ރާއްޖެއަށް ފަސް ވަނަ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އައިއޯއައިޖީގައި އެތްލެޓިކްސް 4 ގުނަ 400 މީޓަރުގެ ދުވުމުން ރާއްޖެއަށް 5 ވަނަ ލިބިއްޖެއެވެ.

މިދުވުމުގައި ރާއްޖޭގެ އެންމެބާރު ދުވުންތެރިޔާ ހަސަން ސާއިދަށް އަނިޔާވެފައިވާތީ ބައިވެރިނުވެއެވެ.

މި ދުވުމުގައި ބައިވެރިވީ ޒުވާން ސްޕްރިންޓަރުން ކަމަށްވާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ރިޒާ އަދި އިބާދުﷲ އާދަމްއެވެ. މިޓީމުން ދުވުން ނިންމީ 3 މިނެޓު 30.23 ސިކުންތުންނެވެ.

މީގެއިތުރުން ރާއްޖޭގެ އަންހެން ޓީމުވެސް 4 ގުނަ 400 މީޓަރު ރިލޭގައި ވާދަކޮށް ދިޔައީ ފަސްވަނަ އަށެވެ. ނަޝާ ނިޒާރާއި ޖައިޝާ ޖުނީޒާއި ސާރާ މަސްއޫދު އަދި ހިމްނާ ހަސަން ހިމެނު ޓީމުން ދުވެފައިވަނީ 4 މިނެޓު 26.13 ސިކުންތުންނެވެ.

އައިއޯއައިޖީގައި ފިރިހެނުންގެ 5000 މީޓަރު ދުވުމުގައި ހުސެއިން ފަޒީލް ހާރޫން ވާދަކޮށް 16:30 މިނެޓުން ނިންމައިގެން އޭނާ ދިޔައީ ހަވަނަ އަށެވެ.

އެންމެ ފަހުގެ ގޭމްސްގައި އެތުލެޓިކްސްއިން ވަނީ ރަން މެޑެއްޔަކާއި ރިހި މެޑެއްޔެއް ހޯދާފައެވެ. އެހެންނަމަވެސް މި ފަހަރު ލިބުނީ ތިން ލޯ މެޑެއްޔެވެ.

އެއީ 200 މީޓަރު ދުވުމުން ސާއިދު ހޯދި ލޯ މެޑެއްޔާއި 4 ގުނަ 100 މީޓަރުގެ ރިލޭ އިން ހޯދި ލޯ މެޑަލް އަދި 100 މީޓަރު ދުވުމުގެ ޕެރާ އިވެންޓުން މުހައްމަދު މާޒިން ހޯދި ލޯ މެޑެއްޔެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް