އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭދަފުށި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލު މެޗުތައް މިރޭ..

އޭދަފުށި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލު މެޗުތައް މިރޭ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އޭދަފުށި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލު މެޗުތައް މިރޭ ކުޅޭނެއެވެ.

އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފިރިހެން ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދީ ދިރާގާއި އުރީދޫއާއި ހޮސްޕިޓަލް ކޮމްބައިން ޓީމު އަދި ކައުންސިލް ކޮމްބައިން ޓީމެވެ.

މި ހަތަރު ޓީމުން ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ.

މިރޭ ކުޅޭ ފުރަތަމަ ސެމީގައި ވާދަކުރާނީ ދިރާގާއި ކައުންސިލް ކޮމްބައިން ޓީމާ އެވެ. ދެވަނަ ސެމީގައި އުރީދޫ ކުޅޭނީ އަތޮޅު ހޮސްޕިޓަލް ކޮމްބައިން ޓީމާ ދެކޮޅަށެވެ.

މި މުބާރާތުގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ އަތޮޅު ހޮސްޕިޓަލުން ހޯދާފައިވާ އިރު، ދެވަނަ ޖާގަ ލިބޭނީ ޕޮލިސް ކޮމްބައިން އާއި ކައުންސިލް ކޮމްބައިން ޓީމާ މިރޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

މިއީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް