އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯންގ ކޯސް މިކްސްޑް 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ޤައުމީ ރެކޯޑް އައުކޮށްފި

ލޯންގ ކޯސް މިކްސްޑް 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ޤައުމީ ރެކޯޑް އައުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ލޯންގ ކޯސް މިކްސްޑް 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ޤައުމީ ރެކޯޑް އައުކޮށްފިއެވެ.

މިރެކޯޑު އައުކުރީ ކޮރެއާގައި މިހާރު ކުރިއަށްދާ 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމުންނެވެ.

މި ޓީމުގައި ހިމެނޭ ޢައިޝަތު ސައުސަންއާއި ޢައިޝަތު ސާޖިނާއާއި މުބާލް ޢައްޒާމް އިބްރާހިމް އަދި ޢަލީ އިމްޢާން މިއިވެންޓު ފުރިހަމަކޮށްފައިވަނީ 04.25.91 އިންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު މީގެކުރިން އައުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އެއަހަރު ބޭއްވި 17 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި މިއިވެންޓު ނިންމީ 04.31.24ންނެވެ.

އެއަހަރުގެ ޓީމުގައި ހިމެނުނީ މުބާލް ޢައްޒާމް އިބްރާހީމްއާއި ޢައިޝަތު ސާޖިނާއާއި އިސްމާޢިލް މުއުތަސިމް ޢަދުނާނުއާއި އައިމިނަތު ސަޖަންއެވެ.

މިމަހުގެ 12 އިން 28އަށް ކޮރެެއާގައި ކުރިއަށްދާ 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުވަނީ ޤައުމީ 6 ރެކޯޑެއް އައުކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް