އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އެތްލީޓުން މިހާތަނަށް ރާއްޖެއަށް ހޯދައިދިން އެންމެ ފަޚުރުވެރި ކާމިޔާބީއާއެކު މާދަމާ ރާއްޖެއަންނަނީ..

ރާއްޖޭގެ އެތްލީޓުން މިހާތަނަށް ރާއްޖެއަށް ހޯދައިދިން އެންމެ ފަޚުރުވެރި ކާމިޔާބީއާއެކު މާދަމާ ރާއްޖެއަންނަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ރާއްޖޭގެ އެތްލީޓުން މިހާތަނަށް ރާއްޖެއަށް ހޯދައިދިން އެންމެ ފަޚުރުވެރި ކާމިޔާބީއާއެކު މާދަމާ ރާއްޖެއަންނާނެއެވެ.

 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާޞިލުވުމަށް ކަނޑައެޅި އަމާޒަށް ވާޞިލުވެ، 15 މެޑެއްޔާއެކު ދިވެހި އެތްލީޓުން މާދަމާ ހަވީރު ރާއްޖެއަންނަ އިރު، މިއީ މުޅި ޤައުމުވެސް އުފާކުރުން ޙައްޤު ކަމެކެވެ.

 

މޮރިޝަސްގައި ކުރިއަށް ދިޔަ އައިއޯއައިޖީގައި ރާއްޖޭގެ އެތްލީޓުން ވަނީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ހޯދި އެންމެ ބޮޑެތި ކާމިޔާބީތަކާ އެކު 15 މެޑަލް ހޯދާފައެވެ. މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރެއްގައި ބައިވެރިވެފައިވާ އިރު، ގިނަ ކުޅިވަރުތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

 

މިފަހަރުގެ ގޭމްސްގައި ޤައުމީ އަންހެން ޓީޓީ ކުޅުންތެރިންނާއި ބެޑްމިންޓަން ޓީމުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އިރު، އަންހެން ޓީޓީ ޓީމުން ވަނީ ތިން ރަން މެޑައްޔާއި ދެ ރިހި މެޑެއްޔާއި ލޯ މެޑައްޔެއް ހޯދާފައެވެ. އަދި ބެޑްމިންޓަން ޓީމުންވެސް ވަނީ ރަން މެޑައްޔަކާއި ރިހި މެޑައްޔަކާއި ދެ ލޯ މެޑެލް ހޯދާފައެވެ.

 

މީގެ ކުރީގެ މުބާރާތްތަކުގައި ކަނޑައެޅި އަމާޒަށް ނުދެވުނު އިރު، އެންމެ ފަހުން 2015 ވަނަ އަހަރު ރީޔޫނިއަންގައި މި ގޭމްސް އޮތް އިރު ރާއްޖެއިން ބައިވެރިވެފައިވަނީ 10 މެޑައްޔަށް އަމާޒުކޮށްގެންނެވެ. ނަމަވެސް ގެނެވުނީ ނުވަ މެޑެއްޔެވެ.

 

އެހެންނަމަވެސް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރްޒޫޤުގެ މާލިމީކަމުގައި މިއަހަރުގެ ގޭމްސްގައި މިވަނީ އަމާޒު ޙާޞިލުކޮށްފައެވެ.

 

އައިއޯއައިޖީގެ އެތްލީޓުން އެނބުރި ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00ގައެވެ.

 

ޒުވާން ހުނަރުވެރި ދިވެހި އެތްލީޓުން މެޑެލްތައް ކަރަށް މަހާލައިގެން ރާއްޖެ އަންނަ އިރު، މަރުޙަބާ ކިޔުމަށް އެންމެހާ ރައްޔިތުން ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

ކުޅިވަރާއިބެހޭ ވަޒީރުވެސް ވަނީ މިކަމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ "ރަން ވަނަތައް ހޯދައިދިން ކުދިންނަށް މަރުހަބާ ކިއުމަށް މާދަމާ 16:00 އަށް ކުދި ބޮޑު އެންމެހާ ރައްޔިތުން ޖުމްހޫރީ މައިދާނަށް ވަޑައިގެންދެއްވުން އެދި ދައުވަތު އަރުވަން." ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް