އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޯރސީޒަން މޯލްޑިވްސްގެ ސާރފިންގ ޗެމްޕިއަންޝިޕް މިއަހަރުވެސް އޮންނާނެ..

ފޯރސީޒަން މޯލްޑިވްސްގެ ސާރފިންގ ޗެމްޕިއަންޝިޕް މިއަހަރުވެސް އޮންނާނެ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ފޯރސީޒަން މޯލްޑިވްސްގެ ސާރފިންގ ޗެމްޕިއަންޝިޕް މިއަހަރުވެސް އޮންނާނެކަމަށް އެ ރިސޯޓުން ބުނެފިއެވެ.

 

އެ ރިސޯޓުން ބުނީ 9 ވަނަ ފޯރ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންސް ޓްރޮފީ އޮންނާނީ އަންނަ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ކަމަށެވެ.

 

މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އެންމެ އަގުބޮޑު ސާރފިންގ މުބާރާތަށް މި މުބާރާތްވާ އިރު، މިއީ ދުނިޔޭގެ އެކި މުބާރާތްތަކުގެ ޗެމްޕިއަނުން ހިމަނައިގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތުގައި 6 ރާޅާއެޅުންތެރިން ވާދަކުރާނެއެވެ.

 

މިފަހަރުގެ މުބާރާތުގައި އޮސްޓޭލިއާގެ ޖޯއެލް ޕާކިންސަން، ހަވާއީގެ ކާއީ ލެނީ އާއި ބްރެޒިލްގެ ވިގަލީ ޑެންޓާސް އާއި އޮސްޓޭލިއާގެ މެޓް ވިލްކިންސަން އަދި މި މުބާރާތުގެ އެންމެ ފަހު ޗެމްޕިއަން އޮސްޓޭލިއާގެ ޖޯޝް ކާރ ވާދަކުރުމަށް ވަނީ ނިންމާފައެވެ.

 

މީގެ އިތުރުން ރާއްޖޭގައި ބޭއްވި ރާޅާ އެޅުމުގެ މުބާރާތްތަކުން ގިނަ ކާމިޔާބީތައް ހޯދައިފައިވާ ރާއްޖޭގެ މަޝްހޫރު ރާޅާ އެޅުންތެރިޔާ މުހައްމަދު ފަޔާޒް (ޕެލޭ) ވެސް ވާދަކުރާ ކަމަށް އެ ރިސޯޓުން ބުނެއެވެ.

 

ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާއަޅާ ޕޮއިންޓުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ތިން ޑިވިޝަނެއް ހިމެނޭއިރު، އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބެއެވެ.

 

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

އެރިސޯޓުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބާއްވަމުން އަންނަ މި މުބާރާތް ބޭއްވުމުގައި ރިސޯޓުގެ މުވައްޒަފުންނާއި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުން އަންނަކަން ޝުކުރުވެރިކަމާއެކު އެރިސޯޓުން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް