އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު
ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އޭދަފުށި އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ ހިނގައްޖެއެވެ.
އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުން ދިރާގު ފުރުސަތު ހޯދީ ކައުންސިލުގެ ކޮމްބައިން ޓީމު އަތުން 6-2 އިން މޮޅުވެގެންނެވެ. މި މެޗުގައި ދިރާގުގެ މިމްރާހު ދެ ގޯލު ޖެހިއިރު، އަނެއް 4 ލަނޑު ޖެހީ ޢަބްދުއްސަލާމް، ޢަބްދުﷲ އަބޫބަކުރު، ޢަބްދުﷲ ޝަރީފް އަދި ޖައިލަމެވެ.
ފައިނަލުގެ ފަހު ޖާގަ، ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ އުރީދޫ އާއި އަތޮޅު ހޮސްޕިޓަލުގެ ކޮމްބައިން ޓީމު ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ން އެއްވަރުވެފައި އޮތުމުން ނަތީޖާނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އުރީދޫ ކުރިހޯދީ 2-4 ލަނޑުންނެވެ.
ދިރާގާއި އުރީދޫ ބައްދަލުކުރާ ފައިނަލު މެޗުގެ ކުޅުން ފަށާނީ މިރޭ 21:30ގައެވެ.
މި މުބާރާތުގައި ރޭ ވަނީ އަންހެން ޑިވިޜަންގެ ސެމީ ފައިނަލުގެ ފަހު މެޗު ކުޅެފައެވެ. މި މެޗުގައި ސިކްސް ވިންގްސް 1-3 ލަނޑުން ބަލިކޮށް ފައިނަލުގެ ފަހުޖާގަ ހޯދީ ޕޮލިސް ކޮމްބައިން ޓީމުންނެވެ.
މި ޑިވިޜަނުގެ ފައިނަލު މެޗުވެސް މިރޭ ކުޅޭނެއެވެ. 20:30ގައި ފަށާ މި މެޗުގައި ބައްދަލުކުރާނީ ހޮސްޕިޓަލު ޓީމާއި ޕޮލިސް ކޮމްބައިން ޓީމެވެ.
މި މުބާރާތަކީ އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓް ޖަމިއްޔާއިން ރަށު ކައުންސިލާ ގުޅިގެން ބާއްވާ މުބާރާތެކެވެ.
Advertisement
28 ޖުލައި 2019