އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
ލެވިސްތާ އިންޓަރ ރިސޯޓު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އަމިއްލަފުށި ކާމިޔާބުކޮށްފިއެވެ.
އެޓީމުން މި މެޗު ކާމިޔާބުކުރީ އެންމެފަހުގެ ޗެމްޕިއަން ފިނޮޅު ރިސޯޓާއި ބައްދަލުކޮށް 0-2 ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު އަޙްމަދު މަމްދޫޙް ޖަހައިދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ޢަބްދުލްސަމީޢު ޚަލީލެވެ.
ފުރަތަމަ ހާފުގައި ޖެހި.ދެ ލަނޑާއެކު އަމިއްލަފުށި މޮޅުވި މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަމިއްލަފުށީގެ ޙަސަން ފައިސަލްއެވެ.
މިއަދު ކުޅެނީ ގްރޫޕް ބީގައި ހިމެނޭ ރޯޔަލް އައިލެންޑާއި ޑުސިތް ތާނީއެވެ. މި މެޗު ފަށާނީ 16:15ގައެވެ.
އޭދަފުށީ ޓަރފް ދަނޑުގައި ކުޅޭ މި މުބާރާތުގައި މިއަހަރު 6 ރިސޯޓަކުން ބައިވެރިވެފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ އަމިއްލަފުށި، ފިނޮޅު ރިސޯޓު އަދި އަނަންތަރާ ކިހަވަށް ވިލާސްއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ސޮނެވާ ފުށި، ޑުސިތް ތާނީ އަދި ރޯޔަލް އައިލެންޑް ރިސޯޓެވެ.
މިއަހަރުގެ މުބާރާތް ބާއްވަނީ އޭދަފުށި ވެލާ ސްޕޯޓްސްގެ ފަރާތުންނެވެ.
Advertisement
29 ޖުލައި 2019