އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ރާއްޖޭގަ ބޭއްވުން: ރާއްޖޭގެ ކުޅިވަރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ!

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ރާއްޖޭގަ ބޭއްވުން: ރާއްޖޭގެ ކުޅިވަރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުން ވެގްންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށެވެ. ހަމައެއާއިއެކު އެކަން ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ހަޔާތުގައި މިހައި ތަނަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަށެވެ.

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތަކީ މީގެ 4 އަހަރުކުރިން އޮލިމްޕިކް ކޮމިޓީން ފަށައިގެން ކުރަމުން އައި މަސައްކަތެކެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރު ވަނީ 2023 ގެ އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިފައެވެ.

މިކަމަށް ހުށަހެޅި ބިޑް ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ޤައުމުތަކަށް ދަތުރުފުޅު ކުރައްވައި ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވައިފައެވެ.

އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ ރާއްޖޭގައި ކުޅިވަރު ކުޅޭނެ ފެސިލިޓީތައް ތަރައްޤީކުރެވި އެކަމުގެ ފައިދާ ކުޅުންތެރިންނަށް ކުރާނެ ކަމެކެވެ. ހަމައެއާއިއެކު ދުނިޔެއަށް ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް