އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީޓީ ކުޅުންތެރިޔާ މުޢީނާ އާ ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ނަޝްފާން އަދި ނަޝީއު ކުޅުން ހުއްޓާލައިފި

ޓީޓީ ކުޅުންތެރިޔާ މުޢީނާ އާ ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ ނަޝްފާން އަދި ނަޝީއު ކުޅުން ހުއްޓާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ދިވެހިރާއްޖެއަށް ޓީޓީން ބައިނަލްއަޤުވާމީ އެންމެބޮޑު ކާމިޔާބެއް މިހާތަނަށް ހޯދައިދިނުމުގައި އެހީތެރިވެދިން ތަޖުތިބާކާރު ޓީޓީ ކުޅުންތެރިޔާ މުޢީނާ މުޙައްމަދާއި އައިއޯއައިޖީ ޓީމުގައި ބްޑްމިންޓަންގައި ބައިވެރިވި ނަޝްފާން އަދި ނަޝީއު ބެޑްމިންޓަން ކުޅުން ހުއްޓާލައިފިއެވެ.

މުޢީނާ ކުޅުން ހުއްޓާލީ މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓޭބަލް ޓެނިސްޓީމް އިވެންޓުން ރާއްޖޭގެ ޓީމު ރަން މެޑަލް ހޯދުމުގައާއި އެ ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްދިނުމަށްފަހުއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން މިކާމިޔާބީ ހޯދި އިރު އެ ކެޓަގަރީގެ ތިން އިވެންޓަކުން އެ އަންހެން ހަތަރު ކުޅުންތެރިން 5 މެޑެލް ހޯދި އިރު، އޭގެތެރޭގައި ތިން ރަން މެޑަލް ހިމެނެއެވެ.

ރާއްޖެއަށް މިފަޚުރުވެރި ކާމިޔާބީ ހޯދައިދިނުމަށްފަހު، ރެކެޓުން އަތްދޫކޮށްލަން މި ތިންކުޅުންތެރިން ނިންމާފައިވާ އިރު، މިއީ ޓީޓީއާއި ބެޑްމިންޓަންގައި ފޫނުބެއްދޭވަރުގެ ގެއްލުމަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނަމަވެސް ޢުމުރުގެ ހަގު ކަމާއެކު ދީމާ އަދި ރަފާ އެހޯދި ކާމިޔާބީގެ ސަބަބުން ރާއްޖޭގައި ޓީޓީގެ ތަރިން އަރަމުން އަންނަކަމީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ބޭނުންވަނީ ދިގު މުއްދަތަކަށް ތަމްރީނާއި ތަޢުލީމުދީ އެފަދަތަރިންގެ ވިދުން ގަދަ ކުރުމެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް