އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަފާތުބޮޑު ނަތީޖާއަކުން ނިލަންދޫގެ މައްޗަށް ގްރީން މޮޅުވެއްޖެ

ތަފާތުބޮޑު ނަތީޖާއަކުން ނިލަންދޫގެ މައްޗަށް ގްރީން މޮޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނުމެޗު 0-6 ލަނޑުން ދ. ނިލަންދޫގެ މައްޗަށް ގްރީން ސްޓްރީޓް ކުރިހޯދައިފިއެވެ.

މި މެޗުގައި ގްރީންގެ ގޯލުތައްޖަހައިދިނީ މޭން އޮފް ދަ މެޗުގެ މަޤާމުހޯދި ޢަލީ އަޝްފާޤު 3 ގޯލު، އިބްރާހިމް ރިޒުހާން، މުޙައްމަދު ޢުމައިރު އަދި ޢަބްދުﷲ ޔާމީން ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. 

ފުރަތަމަ ހާފުގައި ގްރީން 2 ލަނޑުގެ ލީޑެއްގައި އޮވެ، ނިންމާލި އިރު، މެޗު ޑޮމިނޭޓުކޮށްގެން ކުޅުނީވެސް ގްރީނުންނެވެ.

ދެވަނަ ހާފުގައިވެސް ނިލަންދޫއަށް މާތަފާތުބޮޑު ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއަކީ މޮޅަށް ކުޅެމުންދިޔަ ގްރީން ސްޓްރީޓުން އިތުރު 4 ލަނޑު ޖަހާ މެޗުން މޮޅުވުމެވެ.

ލީގުގައި މިރޭ ބައްދަލުކުރާނީ މާޒިޔާ އާއި ވިކްޓްރީއެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް